“ފްރެންޑް މީ” ގްރޫޕުން އޭދަފުށީގައި އާ ފިހާރައެއް ހުޅުވައިފި

ފްރެންޑް މީ ގްރޫޕުން ރޭ އޭދަފުށީގައި ހުޅުވި އާ ފިހާރަ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ފްރެންޑް މީ ގްރޫޕުން ރޭ އޭދަފުށީގައި ހުޅުވި އާ ފިހާރަ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި ވިޔަފާރި ފުޅާކުރަމުން އަންނަ ފްރެންޑްމީ ގްރޫޕުން މުޅިން އާ ފިހާރައެއް ހުޅުވައިފިއެވެ.

“ފްރެންޑް މީ ސްޓައިލް” ގެ ނަމުގައި ރޭ ހުޅުވި މި ފިހާރައިން އަންނައުނުގެ އިތުރުން ކޮސްމެޓިކްސް ގެ ބާވަތްތައްވެސް ލިބޭނެކަމަށް އެ ގްރޫޕުން ބުނެއެވެ. ފްރެންޑް މީ ސްޓައިލް ހުޅުވީ އޭދަފުށީ ނޫރާނީމަގުގައި މީގެ ކުރިން ސްމާޓް ރީފް ހިންގަމުންދިޔަ އިމާރާތުގައެވެ.

ފްރެންޑް މީ ގްރޫޕުން ރޭ އޭދަފުށީގައި ހުޅުވި އާ ފިހާރަ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ފްރެންޑް މީ ގްރޫޕުން ރޭ އޭދަފުށީގައި ހުޅުވި އާ ފިހާރަ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މީގެ ހައެއްކަ އަހަރު ކުރިން ފްރެންޑް މީގެ ނަމުގައި ހުޅުވި އެ ގްރޫޕުން ފުރަތަމަ ހުޅުވި ފިހާރައަކީ މިހާރު އޭދަފުށީގައި މަޤްބޫލު ފިހާރައެކެވެ. އެ ގްރޫޕުން ބުނީ އަލަށް ހުޅުވި ފިހާރަ މައިގަނޑު ގޮތެއްގައި ހާއްސަ ވާނީ ބޮޑެތި މީހުންގެ އަންނައުނަށް ކަމަށެވެ.

މީގެ އިތުރުން ކުޑަކުދިންގެ ސާމާނާއި ބޫޓުފަދަ ތަކެތިވެސް ލިބޭނެކަމަށް ފިހާރައިގެ މަސްޢޫލުވެރިޔާ އީޓީއަށް މަޢުލޫމާތުދިނެވެ. މިހާރުވެސް ބްރޭންޑެޑް ބައެއް ތަކެތި އަލަށް ހުޅުވި ފިހާރައިން ލިބޭއިރު ކުރިއަށް އޮތްތަނުގައި އެތަކެތި ވިއްކުން ފުޅާކުރާނެކަމަށްވެސް އެ ފިހާރައިން ބުނެއެވެ.

ފްރެންޑް މީ ގްރޫޕުން ރޭ އޭދަފުށީގައި ހުޅުވި އާ ފިހާރަ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ފްރެންޑް މީ ގްރޫޕުން ރޭ އޭދަފުށީގައި ހުޅުވި އާ ފިހާރަ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.