ސެމީ ފައިނަލުގެ ފަހު ޖާގަތައް ޔުނައިޓެޑް ވީ އަދި ސޮނެވާފުއްޓަށް

މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ މެޗްގައި ޔުނައިޓެޑް ވީ އަދި އަނަންތަރަ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ މެޗްގައި ޔުނައިޓެޑް ވީ އަދި އަނަންތަރަ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިހާރު ބ.އޭދަފުށީގައި ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗްތަކުން ޔުނައިޓެޑް ވީ އަދި ސޮނެވާފުށި މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ 3 ވަނަ މެޗްގައި ބައްދަލުކުރީ ޔުނައިޓެޑް ވީ އާއި އަނަންތަރަ ކިހަވަށް ސްޓްރައިކާޒްއެވެ. މި މެޗް 3-6 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ވީ އިންނެވެ. މި މެޗްގައި ޔުނައިޓެޑް ވީގެ ލަނޑުތަށް ކާމިޔާބުކުރީ މުހައްމަދު ފާސިރު (ފާއްޓެ) ، މުއާޒް އަލީ ، ސާމީ އިބްރާހިމް އަދި އަޔާޒް އަހުމަދެވެ. މި މެޗްގައި އަޔާޒް އަދި ފާސިރު ވަނީ 2 ލަނޑު ޖަހާފައެވެ. އަނަންތަރަ ކިހަވަށް ސްޓްރައިކާޒްގެ ލަނޑުތައް ކާމިޔާބުކުރީ އިސްމާއިލް ޝާކިރް އަދި އަލީ މާއިޝްއެވެ. މާއިޝް ވަނީ މި މެޗްގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ ޖާޒީ ނަންބަރ 10 އަޔާޒް މުހައްމަދެވެ.

މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗްގައި ސޮނެވާ އަދި ކިހާދް މޯލްޑިވްސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗްގައި ސޮނެވާ އަދި ކިހާދް މޯލްޑިވްސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކުއާޓާ ފައިނަލުގެ ފަހު މެޗްގައި މިއަދު 17:05 ގައި ބައްދަލުކުރީ ޗެންޕިއަން ސޮނެވާފުއްޓާއި ކިހާދް މޯލްޑިވްސްއެވެެ. މި މެޗް 4-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސޮނެވާފުށިންނެވެ. ސޮނެވާފުށީގެ 7 ލަނޑުގެ ތެރެއިން 3 ލަނޑު އަލީ ޝިފާއު ކާމިޔާބުކޮށްދިން އިރު މުހައްމަދު ލިޔާހް ވަނީ 2 ލަނޑު ސޮނެވާފުއްޓަށް ކާމިޔާބުކޮށްދީފައެވެ. އަދި އަނެއް 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝިޔާމް އަދި މުހައްމަދު ނާޖިހްއެވެ. ކިހާދް މޯލްޑިވްސްގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޒުބަައިރް ، މުހައްމަދު އިނާޒް އަދި އިމްތިޔާޒް އާދަމްއެވެ. މި މެޗްގައި އިނާޒް ވަނީ 2 ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗް ގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށި ޓީމުގެ އަލީ ޝިފާއުއެވެ.

މި ނަތީޖާއާއެކު މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މާދަމާ ހަވީރު 16:05 ގައި ބައްދަލުކުރާނީ އިރުމަތި ލަވާރސް އާއި ޔުނައިޓެޑް ވީ އެވެ. ސެމީގެ ދެވަނަ މެޗްގައި 17:05 ގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާާއި ޗެންޕިއަން ސޮނެވާފުއްޓެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާރޗް 14 ވާ އަންގާރަ ދުވަހު ހަވީރުއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.