
289 މީހުންގެ އާބާދީއެއް އޮތް ބ. ފެހެންދޫ އަންހެންވެރިން އަންހެނުންގެ ދުވަސް ފާހަގަކުރީ މިއަދު ކަނޑު މައްޗަށް ނުކުމެ މަސް ބާނައިގެންނެވެ.
ހެނދުނު 8:30 ން މެންދުރުފަހު 2:30 އަށް މި ހަރަކާތް ކުރިއަށް ދިޔައީ މަސްރޭހެއްގެ ގޮތުގަ އެވެ.

ފެހެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބޭއްވި މި މަސްރޭހުގައި ހަތަރު ޓީމު ބައިވެރިވި އެވެ. މަސް ރޭހުން އެންމެ ގިނަ މަސް ބާނާއިގެން އެއްވަނަ ހޯދީ ކަޓްވާލި ޓީމެވެ. އަދި އަހާ ހުތް ޓީމު ދެވަނަ ހޯދި އިރު ތިންވަނަ ލިބުނީ ކައްޓި ހިތްވަރު ޓީމަށެވެ.

މީގެ އިތުރުން މި މަސްރޭހުގައި އެންމެ ބަރު މަހާއި އެންމެ ދިގު މަސް އަދި އެންމެ ކުރު މަސް ބޭނި ފަރާތްތައްވެސް ހޮވައި ވަނީ އިނާމުދީފަ އެވެ.

މީގެ އިތުރުން މިއަދު ހަވީރު ވަނީ މަސްރޭހުގައި ބޭނި މަސައްތައް ރައްޔިތު އެންމެން ގުޅިގެން ފިހެ އަދި ކައި ހަދައިފަ އެވެ.


WHO CARES