ގޮއިދޫ ގައްޔޫމު ކަތީބު ނިޔާވެއްޖެ

ގޮއިދޫގެ ކުރީގެ ބޮޑުކަތީބު އަބްދުލްޤައްޔޫމް ޒަކަރިއްޔާ / އީވީ ފޮޓޯ
ގޮއިދޫގެ ކުރީގެ ބޮޑުކަތީބު އަބްދުލްޤައްޔޫމް ޒަކަރިއްޔާ / އީވީ ފޮޓޯ

ސަރުކާރަށް 40 އަށްވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި ގޮއިދޫގެ ކުރީގެ ބޮޑު ކަތީބު އެރަށު ވިކްޓްރީ ހައުސް، އަބްދުލްގައްޔޫމް ޒަކަރިއްޔާ ރޭ ދަންވަރު ސްރީ ލަންކާގައި ނިޔާވެއްޖެ އެވެ.

އުމުރުން 79 އަހަރުގައި ގައްޔޫމް ނިޔާވީ ކުއްލިއަކަށް މާބޮަޑަށް ހާލުދެރަވެގެން ލަންކާއަށް ގެންގޮސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށްކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ.

ގައްޔޫމަކީ ސާޅިހަށްވުރެ ގިނަ އަހަރު އެރަށް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އެއް ބޭފުޅާ އެވެ. ގޮއިދޫގެ ތަރައްޤީއަށް މިހާތަނަށް ކުރެވިފައިވާ ބޮޑެތި ހުރިހާ މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާ އަކީ ގައްޔޫމު އެވެ.

އޭނާ ދެހާހުގެ އަހަރުތަކުގެ ފަހުކޮޅު ރިޓަޔާކުރެއްވިއިރު، ހުންނެވީ އޭރުގެ ބޮޑު ކަތީމުކަމުގެ މަގާމުގަ އެވެ.

ގޮއިދޫގެ ގިނަ ބަޔަކު ސިފަކުރި ގޮތުގައި ގައްޔޫމު ކަތީބު ވަކިވެގެން ދިއުމަކީ މުޅިރަށަށް ލިބުނު ފުން ހިތާމަ އެކެވެ.

އަބްދުލްޤައްޔޫމް ނިޔާވިއިރު އޭނާގެ އަތްބަކާއި، 8 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އަދި 26 ކާފަ ދަރިންނާއި 5 މުނިކާފަ ދަރިންވެސް ދުނިޔޭގައި އެބަތިއްބެވެ.

މަރުހޫމް އަބްދުލް ގައްޔޫމުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ. އަދި އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.