ޔޫސީމަސް ކްލާސްތައް ފަށައިފި

އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރަކު ބަލަހައްޓައިގެން. ފޮޓޯ: ޔޫސީމަސް/އޭދަފުށި
އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރަކު ބަލަހައްޓައިގެން. ފޮޓޯ: ޔޫސީމަސް/އޭދަފުށި

ސިކުނޑީގެ ކަސްރަތު ހިމެނޭ ހިސާބު އިލުމެއް ކަމަށްވާ ޔުނިވާސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތަމެޓިކްސް ސިސްޓަމް (ޔޫސީމަސް) ކްލާސްތަކުގެ ކިޔެވުން އޭދަފުށީގައި ފަށައިފި އެވެ.

އޭދަފުށީ ޔޫސީމަސް ސެންޓަރުން ބުނި ގޮތުގައި 4-14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން މިއަދު މި ފެށި ޕްރިގްރާމުގައި 150 ކުދިން ބައިވެރިވެ އެވެ.

އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރުންތަކެއް ހަރަކާތްތެރިވަނީ. ފޮޓޯ: ޔޫސީމަސް/އޭދަފުށި
އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރުންތަކެއް ހަރަކާތްތެރިވަނީ. ފޮޓޯ: ޔޫސީމަސް/އޭދަފުށި

މި ކްލާސްތަކުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަޑުއެހުމާއި ސަމާލުކަންދިނުން، ހަނދާނުގައި ބެހެއްޓުމާއި، އަދި ކަންތައްތައް ބަލާ ދިރާސާކުރުމުގެ ފަންނުގެ އިތުރުން މައުލޫމާތު އަވަހަށް ނަގައިދިނުމުގެ ކަންތައްތައް ހިމެނެ އެވެ.

އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރަކު ހަރަކާތްތެރިވަނީ. ފޮޓޯ: ޔޫސީމަސް/އޭދަފުށި
އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރަކު ހަރަކާތްތެރިވަނީ. ފޮޓޯ: ޔޫސީމަސް/އޭދަފުށި

ހިސާބު އިލުމުން ދަރިވަރުންނަށް ކުރިއެރުން ހޯދައި ދިނުމަށް ހިންގާ ޔޫސީ މަސް ނިންމާ ދަރިވަރުންނަށް ކަލްކިއުލޭޓަރު ނުވަތަ އެފަދަ އެހެން އެއްވެސް އާލާތަކާ ނުލާ ހިސާބުގެ ބޮޑެތި ނަމްބަރުތައް ހިތުން ހަދާލެވެ އެވެ. އަދި މީގެ އިތުރުން މި ޕްރޮގުރާމްގައި ބައިވެރިވާ ދަރިވަރުންނަށް ގައުމީ އަދި ބައިނަލް އަގްވާމީ ފެންވަރުގެ ޔޫސީމާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރަކު އަތްމައްޗަށް ނަގައިގެން. ފޮޓޯ: ޔޫސީމަސް/އޭދަފުށި
އޭދަފުށީގައި މިއަދު ފެށި ޔޫސީމަސް ކްލާހުގައި ދަރިވަރަކު އަތްމައްޗަށް ނަގައިގެން. ފޮޓޯ: ޔޫސީމަސް/އޭދަފުށި

ޔޫސީމަސް ކްލާސްތައް މާލޭގެ އިތުރުން އައްޑޫސިޓީ އަދި ކުޅުދުއްފުށީ އަދި ތިނަދޫގައިވެސް ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އ. ބޯއި

    ބޮޑު އަގުދީފައި ތިޔަ ކުލާހުގައި ބައިވެރިކުރީ މޮލެތިމިީހުން މާލެއިން ގެނެސްގެން ތިކަންކުރާނެކަމަށް ހީކޮށް—ވަރަށް ފޫހިވެއްޖެ !!!!!! މިތަނަށް އައި މީހަކުވެސް ދެއްޚީ ހުސް ޔޫސީ މާސް ގެ މޮޅުވަަހަކަ…….

    ރައްދު
  2. bakuru

    alhugandumen thiya thanugai dharivaru baiverikuri vara ummedhaai ek namaves eves thajuribaaey ney bayakaa kiyavadheyn havaalukurumun mihaaru mulhin hivaru elije

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.