އިރުމަތި ލަވާރސް އަދި ފެއިމްސް ޔުނައިޓެޑް ފައިނަލަށް

ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އަދި އިރުމަތި ލަވާރސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ޔުނައިޓެޑް ވީ އަދި އިރުމަތި ލަވާރސް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ބ.އެޓޯލް ޔުނީޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ މެޗްތަށް އިރުމަތި ލަވާރސް އަދި ފެއިމްސް ޔުނައިޓެޑް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރީ މިދިޔަ އަހަރުގެ ރަނަރަޕް ޓީމް ޔުނައިޓެޑް ވީ އާއި އިރުމަތި ލަވާރސް ޓީމެވެ. މި މެޗް އިރުމަތި ލަވާރސް އިން ކާމިޔާބުކުރީ 3-5 ގެ ނަތީޖާއަކުން ނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އިރުމަތި ލަވާރސް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗްގައި މޮޅު ކުޅުމެއް ދެއްކި ހަމްދާން އަބްދުއް ސައްތާރެވެ. އެހެން ނަަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑް ވީ ގެ މުހައްމަދު ފާސިރު ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި އިރުމަތި ލަވާރސްއަށް ލީޑު ނަގައިދިނީ އެޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހަމްދާން އަބްދުއް ސައްތާރެވެ. 1-2 ގެ ނަތީޖާއަކުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާންދަނިކޮށް ޔުނައިޓެޑް ވީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ފާސިރު އެވެ. މި މެޗްގައި އިރުމަތި ލަވާރސް އަށް ކުޅެމުންއަންނަ އެންމެ 17 އަހަރުގެ ހައިޝަމް ހަސަން ވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޔުނައިޓެޑް ވީ ގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ފާސިރު މާކްކޮށްގެން ކުޅެމުންދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ.

މެޗް ގެ ނަތީޖާ 2-2 އަކުން އެއްވަރު ވުުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން 3-5 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އިރުމަތި ލަވާރސް އިންނެވެ. އިރުމަތި ލަވާރސްގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ ހައިޝަމް ހަސަން ، ޝަރިފް އަބްދުލް މަޖީދު އަދި ޝާހީ މޫސާއެވެ. އެޓީމުގެ މޫސަ ސައީދް ޖެހި ޕެނަލްޓީ ކާމިޔާބުވެފައެއް ނުވެއެވެ. ޔުނައިޓެޑް ވީގެ ޕެނަލްޓީތަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން އަދި އަޔާޒް މުހައްމަދު އެވެ. އެޓީމުގެ މުއާޒް އަލީ ޖެހި ޕެނަލްޓީ ބޭރަށް ދިޔައިރު މުުުހައްމަދު ފާސިރު ޖެހި ޕެނަލްޓީ ވަނީ އިރުމަތި ލަވާރސްގެ ކީޕަރ ދިފާއުކޮށްފައެވެ.

މި މެޗް ގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސްގެ ޖާޒީ ނަންބަރ 8 ހަމްދާން އަބްދުއް ސައްތާރެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ސޮނެވާފުށީ އަދި ފެއިމްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ސޮނެވާފުށީ އަދި ފެއިމްސް ޔުނައިޓެޑް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަދު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި އެންމެ ފަހުގެ ޗެންޕިއަން ސޮނެވާފުއްޓެވެ. މި މެޗް 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފެއިމްސް ޔުނައިޓެޑުންނެެވެ. ފެއިމްސް ގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަބްދުލް މަޖީދު އިބްރާހިމް އަދި އިޝާން އިބްރާހިމްއެވެ. އިޝާން އިބްރާހިމް ވަނީ މި މެޗްގައި 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްފައެވެ. މި މެޗްގައި ސޮނެވާ ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފެއިމްސް ޔުނައިޓެޑުން ވަނީ އެހުރިހާ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

މި މެޗް ގެ މޭން އޮޮފް ދަ މެޗަކަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑަށް 2 ލަނޑު ކާމިޔާބުކޮށްދިން އިޝާން އިބްރާހިމް  (ސައްޓު) އެވެ.

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު 16:30 ގައެވެ. ފައިނަލް މެޗްގައި ބައްދަލުކުރާނީ އިރުމަތި ލަވާރސް އާއި ފެއިމްސް ޔުނައިޓެޑް އެވެ. މި މެޗް ކްލަބް ދަ ބިގިނާރސް ފޭސްބުކް ޕޭޖް އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.