ތައުލީމީ މަރުކަޒުގެ ބެޑުމިންޓަން ޓީމު މާލެ ފުރައިފި

މިދިޔަ އަހަރުގެ ބެޑްމިންޓަން މުބާރާތުގައި ވާދަކުރި އޭދަފުށީ ބެޑްމިންޓަން ޓީމު. މިއަރުގެ މުބާރާތުގައިވެސް އެ ސްކޫލުގެ ޓިމެއް ވާދަކުރާނެ
މިދިޔަ އަހަރުގެ ބެޑްމިންޓަން މުބާރާތުގައި ވާދަކުރި އޭދަފުށީ ބެޑްމިންޓަން ޓީމު. މިއަރުގެ މުބާރާތުގައިވެސް އެ ސްކޫލުގެ ޓިމެއް ވާދަކުރާނެ

މާލޭގައި ބާއްވާ މައިލޯ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމު މިއަދު މާލެ ފުރައިފި އެވެ.

ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމުން މިދިޔަ އަހަރު ވަނީ މުބާރާތުގެ 19 އަހަރުންދަށުގެ ޓީމު އިވެންޓުގައި ސީއެޗްއެސްއީ ބަލިކޮށް ތަށި ހޯދައިފަ އެވެ. މިއަހަރު އެ ސްކޫލުގެ ޓީމު ވާދަކުރަނީ 16 އަހަރުން ދަށުގެ ޓީމު އިވެންޓްގަ އެވެ. މީގެ އިތުރުން އޯޕަން އިވެންޓް ތަކުގަިއ މިއަހަރުވެސް އެ ސްކޫލުގެ ދަރިވަރުން ވާދަކުރާނެ އެވެ.

މުބާރާތް ފަށާނީ އަންނަ ބުދަ ދުވަހު އެވެ.

ބެޑްމިންޓަން މުބާރާތަށް ޓީމު ފުރިއިރު، ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން މާދަމާ ފަށާ ގުރުއާން މުބާރާތުގައި ބ. އަތޮޅު ތަމްސީލުކުރާ  ދަރިވަރުންވެސް މިއަދު ވަނީ މާލެ ފުރައިފަ އެވެ. އެ މުބާރާތުގައި މިއަތޮޅުގެ ނުވަ ދަރިވަރަކު ވާދަކުރާނެ އެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ދަރިވަރުންގެ އިތުރުން ތުޅާދޫ، ކެންދޫ އަދި މާޅޮސް މިއިން ކޮންމެ ސްކޫލަކުން ދެ ދަރިވަރުންނެވެ.

 

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.