ފެހެންދޫ އިންޖީނުގެ އެޅުން ލަސްވަނީ އިދާރީ ބައެއް ކަންކަން ހަމަނުޖެހޭތީ

ފެހެންދޫގައި މިހާރު ހުރި ފެނަކަ އިންޖީނުގެ | އީޓީ ފޮޓޯ
ފެހެންދޫގައި މިހާރު ހުރި ފެނަކަ އިންޖީނުގެ | އީޓީ ފޮޓޯ

ފެހެންދޫގައި އަޅަން ހަމަޖެހިފައިވާ އިންޖީނުގެ އެޅުން ލަސްވަމުން ދަނީ އިދާރީ ބައެއް ކަންކަން ހަމަނުޖެހޭތީކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރު އަލީ ޝަފީގު ވިދާޅުވި ގޮތުގައި ފެހެންދޫ އިންޖީނުގޭގެ މަސައްކަތް މި މަސްތެރޭގައި ފެށޭވަރުވާނެ އެވެ.

“މި މަސައްކަތް މި މަސްތެރޭ ފެއްޓޭވަރުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް. އިރާދަކުރެއްވިއްޔާ މަސައްކަތް ފެށޭތާ ތިން މަސް ދުވަސްތެރޭ ނިންމާލެވޭނެ،” އަލީ ޝަފީގު ވިދާޅުވި އެވެ.

ފެހެންދޫގަ އަލަށް ހަދާ އިންޖީނުގެ ހެދުމަށް ގެނެސްފައި ހުރި ތަކެތި | އީޓީ ފޮޓޯ
ފެހެންދޫގަ އަލަށް ހަދާ އިންޖީނުގެ ހެދުމަށް ގެނެސްފައި ހުރި ތަކެތި | އީޓީ ފޮޓޯ

ފެނަކަ ކޯޕަރޭޝަނުން ބުނިގޮތުގައި މި މަސައްކަތް ކުރަން ހަމަޖައްސާފައިވަނީ އެ ކުންފުނީގެ މުވައްޒަފުން ލައްވައެވެ. އެގޮތަށް އެކަން ނިންމާފައިވަނީ އަލީ ޝަފީގު ވިދާޅުވި ގޮތުގައި މަސައްކަތް ލަސްވަމުންދާތީ އާއި އިންޖީނުގެ އެޅުމަށް ގެނެސްފައިހުރި ތަކެތި ހަލާކުވެދާނެތީ އެވެ.

މި މަސައްކަތްކުރުމަށް މީގެ ތިންމަސް ދުވަސްކުރިން ގެނައި ޓިނުތަކުގައި މިހާރު ހުރީ ދަބަރު ޖަހާފަ އެވެ. އީޓީ އަށް އެނގިފައިވާ ގޮތުގައި މިމަސައްކަތް ކުރުމަށް ގެނައި 100 ކޮތަޅު ސިމެންތިވެސް މިހާރު ހުރީ ގަނޑުވާން ކައިރިވެފަ އެވެ.

ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ވިދާޅުވީ 11308 އަކަފޫޓްގެ ބިން ދޫކުރުމުގެ ހުއްދަ ލިބިފައިވާކަން 1 މެއި 2015 ގައި ފެނަކަ ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށެވެ.

ފެހެންދޫގަ އަލަށް ހަދާ އިންޖީނުގެ ހެދުމަށް ގެނެސްފައި ހުރި ތަކެތި | އީޓީ ފޮޓޯ
ފެހެންދޫގަ އަލަށް ހަދާ އިންޖީނުގެ ހެދުމަށް ގެނެސްފައި ހުރި ތަކެތި | އީޓީ ފޮޓޯ

“ލަސްވަމުން ދިއުންމީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. ވަރަށްގިނަ ދުވަސް ވެއްޖެ ރައްޔިތުންގެ ޝަކުވާ އަންނަތާ.. ހާއްސަކޮށް އިންޖީނުގޭ ކައިރީގަ ދިރިއުޅޭ ފަރާތް ތަކުން. އިންޖީނުގެ އަޑުގަދަވުމާއި އިންޖީނުގެ ވައިބްރޭޓްގެ ސަބަބުން އެ ގޭގޭ ގެ ފާރުތަކުގއި ރެނދުލުން ފަދަ ގެންލުންތައް އެބަހުރި ލިބިފައި. އަދި އިރު އިރުކޮޅާ ކަރަންޓްދިއުމުގެ ސަބަބުން ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތައްވެސް ހަލާކު ވެގެން އެބަހުރި ޝަކުވާ އައިސް،” މޫސާ ނަސީމު ވިދާޅުވި އެވެ.

މޫސާ ނަސީމް ވިދާޅުވި ގޮތުގައި އާ އިންޖީނުގެ އެޅުމަކީ ރައްޔިތުންނާއި ކައުންސިލްގެ ވަރަށް ބޮޑު ހުވަފެނަކަށްވާތީ މަސައްކަތް ވީހާވެސް އަވަސް ކުރުމަށްޓަކައި އިންޖީނުގެ އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ބަދަލުވެސް ނުނަގާ ކަމަށެވެ.

“ކައުންސިލްގެ ވެސް އުއްމީދަކީ ވީހާވެސް އަވަހަކަށް މަސައްކަތް ފެށިގެން ދިއުން. ކައުންސިލްގެ ފަރާތުން ދޭންޖެހޭ ކޮންމެ އެއްބާރުލުމެއް މިކަމުގައި ފެނަކައަށް ލިބޭނެ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.