ވޮލީ މުބާރާތުގެ ތަށި ވެސް ގޮއިދޫން އަންހެން ޓީމު މިލްކު ކޮށްފި

17238780_10208623981733125_1494160419_n
މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ތަށި ވެސް ބ. ގޮއިދޫ ޓީމުން މިރޭ މިލްކު ކޮށްފި އެވެ. އެ ޓީމުން ވަނީ މިދިޔަ މަހު މާލޭގައި ބޭއްވި އިންޓަ ސްކޫލު ބީޗް ވޮލީ މުބާރާތުގެ ތަށިވެސް މިލްކުކޮށްފަ އެވެ.

ޖެހިޖެހިގެން ތިން އަހަރު ގޮއިދޫ އަންހެން ޓީމު ތަށި ހޯދީ ފައިނަލުގައި މިރޭ އަހްމަދިއްޔާ ސްކޫލުގެ މައްޗަށް ފަސޭހަކާމާއެކު ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާ އެކު 25-15 އިން އަހްމަދިއްޔާ ސްކޫލުން ކާމިޔާބުކުރި ނަމަވެސް ގޮއިދޫ ޓީމުން ވަނީ ފަހަތުން އަރައި އަނެއް ތިން ސެޓް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި މުބާރާތުގައި ވާދަކުރާ ގޮއިދޫ ސްކޫލުގެ 16 އަހަރުން ދަށުގެ ފިރިހެން ޓީމުވެސް ފަސޭހަކާމާއެކު މާލޭ ސްކޫލުތައް ބަލިކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މާދަމާރޭ 8:00 ގައި ކުޅޭ ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން މާފުށީ ސްކޫލާ އެވެ.

ކުޅިވަރު މުބާރާތްތަކުން ރަން ވަނަތަކެއް ހޯދަމުން އަންނަ ގޮއިދޫ ސްކޫލުގެ ދަރިވަރުން އަންނަީ ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތައްވެސް ހޯދަމުންނެވެ. އެގޮތުން ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” މިދިޔަ އަހަރު އެ ސްކޫލުގެ 7 ދަރިވަރަކަށްވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.