އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ، ނިކުންނާނީ ވަރުގަދަ ޗެލެންޖަކަށް: އިރުމަތި ލަވާރސް

މި މުބާރާތުގެ ސެމީ ފައިނަލުގައި އިރުމަތި ލަވާރސް އަދި ޔުނައިޓެޑް ވީ ކުޅެނީ. މި މެޗް ޕެނަލްޓީ ޖަހައިގެން 3-5 ގެ ނަތީޖާއަކުް ކާމިޔާބުކުރީ އިރުމަތި ލަވާރސް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މި މުބާރާތުގެ ސެމީ ފައިނަލުގައި އިރުމަތި ލަވާރސް އަދި ޔުނައިޓެޑް ވީ ކުޅެނީ. މި މެޗް ޕެނަލްޓީ ޖަހައިގެން 3-5 ގެ ނަތީޖާއަކު ކާމިޔާބުކުރީ އިރުމަތި ލަވާރސް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފެއިމްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅެން ޖެހިލުން ނުވާކަމަށާއި، ނިކުންނާނީ މޮޅަށް ކުޅެ މުބާރާތް ކާމިޔާބުކުރަން ކަމަށް އިރުމަތި ލަވާސް ޓީމުން ބުނެފިއެވެ. އީޓީއާ ވާހަކަދައްކަމުން ޓީމުގެ ކޯޗު އަފްހަމް ރަޝީދު ބުނީ ފައިލަށް ދެވުމަކީ އެޓީމަށް ލިބުނު ވަރަށް ބޮޑު ކުރި އެރުމެއް ކަމަށާއި، ދެން ބޭނުންވަނީ ފެއިމްސް ޓީމުވެސް ބަލިކުރަން ކަމަށެވެ.

” ހަގީގަތުގަ ފައިނަލަށް ދެވުމަކީ މިޓީމަށް ލިބުނު ވަރަށް ބޮޑު ކުރި އެރުމެއް. ސެމީގައި މި ބަލިކުރީވެސް މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނޭ ޓީމެއް. ޔުނައިޓެޑް ވީ ބަލިކުރެވުމުން ކުޅުންތެރިން ތިބީ ވަރަށް ޖޯޝުގަ. އެހެންވީމަ ފެއިމްސް ޔުނައިޓެޑް ވެސް ބަލި ނުކުރެވެންވީ ސަބަބެއް ނެތް. މުބާރާތަށް ބޮޑު ހަރަދެއް ކޮށް މޮޅެތި ކުޅުންތެރިން ގެންދިޔަ ޓީމަކާ ޖެހުނަސް މި ޓީމު ޖެހިލުމެއް ނުވާނެ ”

އިރުމަތި ލަވާރސްގެ ކޯޗް އަފްހަމް ރަޝީދު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
އިރުމަތި ލަވާރސްގެ ކޯޗް އަފްހަމް ރަޝީދު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އަފްހަމް އިތުރަށް ބުނީ ފުޓްބޯޅައިގައި ކޮންމެ ޓީމެއްވެސް މޮޅުވެދާނެކަމަށާއި އެންމެ ވަރުގަދަ ޓީމުތަކާކުޅެ އާދައިގެ ޓީމުތަކުންވެސް ކާމިޔާ ހޯދާފައިވާކަމަށެވެ. އަދި ޓީމުގެ އަޒުމަކީ ފެއިމްސް ބަލިކުރުމުގެ އިތުރުން މި ތަށި އިރުމަތި އަވަށަށް ހޯދައިދިނުން ކަމަށްވެސް ބުނެފައިވެއެވެ.

އިރުމަތި ލަވާސް ޓީމަކީ މުބާރާތުގައި ވާދަކުރާ އެހެންޓީމުތަކަށްވުރެ ތަޖުރިބާ މަދު ޓީމެކެވެ. ނަމަވެސް އެޓީމުން ވަނީ މި މުބާރާތުގައި އުއްމީދީ ކުޅުމެއްދައްކާފައެވެ. މިއީ މި މުބާރާތުގައި އެޓީމުން ވާދަކުރާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުން އެޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތުގައި އެޓީމުން ވަނީ ގްރޫޕްގެ އެއްވަނަ ހޯދައި ކުއަޓަރ ފައިނަލުގައި ކުޑަރިކިލުން މުބާރާތުގައި ވާދަކުރި އެކުވެރި ގައިސް ޓީމު ބަލިކޮށްފައެވެ. އަދި ފައިނަލަށް އެޓީމު ދަތުރުކުރީ މުބާރާތުގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ ޔުނައިޓެޑް ވީ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4:30 ގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗު ދަ ބިގިނާސް ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.