އިންފުލުއެންޒާ އަކީ ކޮބާ؟

ސްވައިން ފްލޫގެ ވައިރަސް
ސްވައިން ފްލޫގެ ވައިރަސް

އިންފުލުއެންޒާ އަކީ އިންފުލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާފަދަ ބައްޔެކެވެ. މި ބަލީގެ ސަބަބުން ގިނަ މީހުންނަށް އާދައިގެ މިންވަރަށް އަރިދަފުސް ރޯގާ ޖެހޭ ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނައަށް ނުރައްކާތެރި ކުރެއެވެ.

އިންފުލުއެންޒާ ފެތުރެނީ ކިހިނެއް؟

އިންފުލުއެންޒާ ނުވަތަ ފުލޫ ފެތުރެނީ އަރިދަފުސް ރޯގާވެސް ޖެހޭ ގޮތަށެވެ. ބަލި ޖެހިފައިވާ މީހާގެ ފަރާތުން ބަލި ނުޖެހޭ މީހުންނަށް ކެއްސާ އަދި ކިނބިހި އެޅުމުގެ ތެރެއިންނެވެ. އަދި ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަކުގައި ނޭނގި ނަމަވެސް އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތްލުމުންވެސް މި ޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަދެއެވެ.

ބަލި ޖެހިއްޖެނަމަ އަމަލުކުރާނެ ގޮތް

އިންފުލުއެންޒާގެ އަލާމާތެއް ފެނިއްޖެނަމަ އަދި ހާއްސަކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ކަންބޮޑުވާފަދަ އަކާމާތެއްވާނަމަ، ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން ވަރަށް މުހިއްމެވެ.

އިންފުލުއެންޒާގައި ފެންނާނެ އަލާމާތްތައް

• ހުންއައުން
• ކެއްސުން
• ވަރިބަލުވުން
• ބޮލުގައި ރިއްސުން

ކަންބޮޑުވާފަދަ އަލާމާތްތައް

ނޭވާލުން އުނދަގޫވުން ނުވަތަ ނޭވާ އަވަސް އަވަހަށްލުން

އިންފުލުއެންޒާއަށް ޓެސްޓް ކުރަނީ ކީއްވެ؟

މިބައްޔަށް ޓެސްޓް ކުރެވެނީ މި ބައްޔަކީ ވަރަށް އަވަހަށް ފެތުރިގެންދާ ބައްޔަކަށް ވެފައި، މި ޓެސްޓުން ވައިރަސް ސްޓްރެއިން ދެނެގަނެވޭނެތީ އެވެ. މި ޓެސްޓް ކުރުމުން މި ބަލިން ދިފާއުވުމަށް ދިވެހި ރާއްޖެއަށް ބޭނުން ކުރެވޭނެ ވެކްސިން އުފެއްދޭނެ އެވެ.

އިންފުލުއެންޒާއަށް ޓެސްޓް ކުރެވެނީ ކިހިނެއް؟

ނޭފަތުން ނުވަތަ ކަރުތެރެއިން ޓެސްޓްކުރަން ބޭނުންވާ ސާމްޕަލް ނެގެ އެވެ. މި ޓެސްޓް ކުރުމަށް ލޭ ނަގާކަށް ނުޖެހެ އެވެ. އަދި ޓެސްޓް ކުރުމަށް ސާމްޕަލް ޑޮކްޓަރުގެ ކޮޓަރި ތެރެއިން ފަސޭހަކަމާއެކު ނެނގިގެންދެ އެވެ. މި ޓެސްޓަކީ ހިލޭ ކުރެވޭނެ ޓެސްޓެކެވެ. އެހެން ނަމަވެސް ޓެސްޓްގެ ނަތީޖާ ވަގުތުން ބަލިމީހާއަށް ނުލިބޭނެ އެވެ. ބަލިމީހާ މާބޮޑަށް ބަލިވެއްޖެނަމަ ޑޮކްޓަރަށް ރިޕޯޓް ލެބޯޓްރީން ހޯދޭނެ އެވެ.

iStock_needle

ބަލިޖެހުމުން ރައްކާތެރިވުމަށް ކުރެވޭނީ ކޮންކަމެއް؟

• ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން، ޚާއްސަކޮށް ކެއްސާ ކިނބިހި އެޅުމަށްފަހު
• ކެއްސާއިރު ނުވަތަ ކިނބިހި އަޅާއިރު ޓިޝޫ ފަދަ ތަކެތިން އަނގައާއި ނޭފަތް ނިވާކުރުން. އަދި ޓިޝޫ ކުނި ވަށީގަނޑަށްލުން.
• ބަލިމީހުންނާ ގިނަ ގިނައިން ގައިގޯޅިވެ ނޫޅުން
• ރަނގަޅު ކާނާ ކެއުމާއި ގިނައިން ފެން ބުއިން
• މަގުމައްޗަށް ކުޅު ނުޖެހުން
• އިންފުލުއެންޒާއަށް ޚާއްސަ ކުރެވިފައިވާ ވެކްސިން ޖެހުން
• ބަލިވެއްޖެނަމަ ވަޒީފާ އަށާއި ސްކޫލަށް ނުގޮސް ގޭގައި މަޑުކޮށްލުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.