ބީއެމްއެލްގެ ހިއްސާއަކަށް 20ރ ބަހަނީ

medium_100957

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ގެ މަގުން 107.6 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ ހިއްސާއަކަށް 20ރ. ގެ މަގުން ބެހުމަށް، ދެން އޮންނަ އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިފަހަރު ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިދިޔަ އަހަރު އެ ކުންފުނިން ބަހާފައި ވަނީ ހިއްސާއަކަށް 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާ އެވެ.

މިއީ މިދިޔަ އަހަރު އެ ބޭންކްގެ ހިއްސާއަކަށް 17ރ. ގެ މަގުން ބެހި ޖުމްލަ 91.4 މިލިއަން ރުފިޔާ އަށް ވުރެ، 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އަށް މިދިޔަ އަހަރު 1.03 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު އިރު، އެއީ 56 ޕަސެންޓުގެ ކުރިއެރުމެކެވެ. ބީއެމްއެލްގެ އާމްދަނީ ވެސް މިދިޔަ އަހަރު ވަނީ ދެ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސް ނުލިބި ހުރި ލޯނުތަކުގެ ރޭޝިއޯ ވެސް ވަރަށް ބޮޑުތަން ކުޑަކޮށްފަ އެވެ.

ބީއެމްއެލް އިން ފަށަފާފައިވާ، “އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް” ކެމްޕޭންގެ ދަށުން ބީއެމްއެލްގެ އިންވެސްޓްމަންޓްތައް 300 މިލިއަން ރުފިޔާއަށް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. އަދި މުޅިން އަލަށް 150 އާ ވަޒީފާގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އަދި ސީއެސްއާރު ޕްރޮގްރާމްތައް އިތުރުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 33 ބްރާންޗް، 80 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 22 ސެލްފްސާވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.