އިއްޔެ ނިމުނު ބ. އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޗެމްޕިއަން ފެއިމްސް ޔުނައިޓެޑް ގެ އިޝާން އިބްރާހީމް (ސައްޓު) ހޯދައިފިއެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދިއިރު ސައްޓު ވަނީ ފެއިމްސް ޔުނައިޓެޑަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފައެވެ. މުބާރާތުގައި އޭނާ ވަނީ 4 ގޯލު އެޓީމަށް ޖަހައިދީފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދީ ސައްޓު އެވެ. އަދި މުބާރާތުގެ ޑްރީމް ޓީމުގައިވެސް ސައްޓުވަނީ ހިމެނިފައެވެ. އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައިން ނުފެނުނު ކަމުގައި ވިޔަސް ސައްޓުއަކީ ރަށު ފެންވަރުގައި ކުޅޭ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.