ހުމާއި ރޯގާ ޖެހިގެން ދައްކާ މީހުންދަނީ އިތުރުވަމުން: ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން، ހުމާއި ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ބ. އަތޮޅު ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން، ހުމާއި ރޯގާ ޖެހިގެން ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، ބ. އަތޮޅު ހޮސްޕިޓަލަށް ދައްކައި ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލު ޕަބްލިކް ހެލްތު ޔުނިޓްގެ ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދްގީ އަބްދުﷲ މިއަދު ވިދާޅުވީ ހުން ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށެވެ. ހުމާއި ރޯގާ ޖެހިގެން އިއްޔެ އެކަނިވެސް 47 މީހަކަށް އެ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިދުގީ ވިދާޅުވީ މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާއާ ގުޅިގެން އަތޮޅު ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން މިދަނީ އޭދަފުއްޓާއި އަތޮޅު ތެރޭގައި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން. އެގޮތުން މިހާރު ވާނީ ޓާސްކް ފޯހެއް އެކުލަވާލާފައި، އަދި ގެއިން ގެއަށް ގޮސް މައުލުމާތު ފޯރުކޮށްދިނުމަށް ލީފްލެޓްފަދަ ތަކެތި ބެހުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދޭ،” އޭނާ ވިދާޅުވި އެވެ.

 

“ހުމުގެ ސީރިއަށް ކޭސް އެއް އަދިނެތް،”

 

މިހާރު ހަލުވިކަމާ އެކު ފެތުރެމުން ދާ ހުމާއި އަރިދަފުސް ރޯގާ އާއްމު ގޮތެއްގައި ޖެހެނީ ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ހުމާއި އަރިދަފުސްރޯގާއާ ގުޅިގެން ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކޮށްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މިރޯގާއާ ގުޅިގެން މިހާރު ސްކޫލްތައް ބަންދުކޮށްފައިވުމާއި އަދި ކުރިޔަށް އޮތް ހަފުތާއަކީ ސްކޫލްތަކުގެ ޓާމް ޗުއްޓީކަމުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ހަރަކާތްތައްވެސް މަޑުޖައްސާލުމަށް އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް ޓެސްޓްކުރި 251 މީހުންގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަލި ޖެހުނު އެކަކު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.

ފެތުރެމުންދާ ބަލީގެ އަލާމާތްތައް

• ހުން އައުން
• ބޭރަށް ހިންގައި ހޮޑުލުން
• ހީކަރުވައި ވަރުދެރަވުން
• ކަރުގައި ރިހުން
• ބޮލުގައި ރިހުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.