އޭދަފުށީގައި ހުމަށް ފަރުވާ ދެނިކޮށް އަންހެނަކު ނިޔާވެއްޖެ

ބ. އަތޮޅުހޮސްޕިޓަލު. ސްވައިން ފްލޫގެ އެއްވެސް ކޭސްއެއް މިއަތޮޅުގައި ނެތް.
ބ. އަތޮޅުހޮސްޕިޓަލު. ސްވައިން ފްލޫގެ އެއްވެސް ކޭސްއެއް މިއަތޮޅުގައި ނެތް.

ހުން އައިސް ނޭވާލާން އުނދަގޫވެގެން ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކުރި އަންހެނަކު ނިޔާވެއްޖެ އެވެ.

އޭދަފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް ނިޔާވީ، އޭދަފުށީ، ލީލީޕާކު، ފާތުމަތު ނަޖުމާ މޫސާ 59، އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ހުން ޖެހި، ނޭވާލާން އުނދަގޫވެގެން ބ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އިއްޔެ ހެނދުނު އެވެ. ނިޔާވީ ރޭ ފަތިހު 3:30 އެހާކަން ހާއިރު އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ގޮތުގައި ނިޔާވީ ފުއްޕާމޭގެ ބަލި ހުންނަ މީހެކެވެ. އޭނާ އަކީ ދޭތެރެ ދޭތެރެއިން ނޭވާލުމުގެ މައްސަލަ ދިމާވެގެން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހެއް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

“އެއީ ފުއްޕާމޭގެ ބަލި ހުންނާތީ ނޭވާލާން އުނދަގުވާ މީހެއް. މިދޭތެރެއިން ހުންއައިސްގެން ނޭވާލާން އުނގަދޫވެގެން އޭނާ އެޑްމިޓްކުރީ، އެކަމު މަރުވިއިރު ހުމެއްނެތް،” ވަހީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް، އަދި އޭނާ އެޗްވަންއެންވަން އަށް ޕޮޒިޓިވް ކަމެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، ބ. އަތޮޅުގައި ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުންނަށް ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފަ އެވެ.

ސްވައިން ފްލޫ ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ އަންހެނަކު ވެސް ރޭގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.