ހުމުގެ ރޯގާއިން ރައްކާތެރިވުމަށް ރަށުތެރެ ސާފުކުރަނީ

މިދިޔަ ހޮނިހިރު ދުވަހު އޭދަފުށި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. ހުމާއި ރޯގާއިން ރައްކާތެރިވުމަށް މާދަމާ ރަށުތެރެ ސާފުކުރާނެ – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ
މިދިޔަ ހޮނިހިރު ދުވަހު އޭދަފުށި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ. ހުމާއި ރޯގާއިން ރައްކާތެރިވުމަށް މާދަމާ ރަށުތެރެ ސާފުކުރާނެ – ފޮޓޯ: ރާއިފް ޔޫސުފް/އީޓީ

ރާއްޖޭގައި މިހާރު ހަލުއިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން މާދަމާ ރަށުތެރެ ސާފުކުރަން ނިންމައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ސާފުކުރުމުގެ މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:30 ގަ އެވެ. މި ހަރަކާތުގައި ބައިވުމަށް ރަށުގެ ހުރިހާ ރައްޔިތުން މާދަމާ އެ ގަޑިއަށް ތައުލީމީ މަރުކަޒަށް ހާޒިރުވުމަކީ އަތޮޅު ހޮސްޕިޓަލުގެ ވަރަށް ބޮޑު އެދުމެކެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، ބ. އަތޮޅު ހޮސްޕިޓަލަށް ދައްކައި ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ.

އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ ބައްޔަށް މިހާތަނަށް 105 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.