ތަޖުރިބާ ދަތުރެއްގައި މައި ކޮލެޖުގެ 36 ދަރިވަރަކު ލަންކާ އަށް

ތަޖުރިބާ ހޯދުމުގެ ދަތުރުގައި ލަންކާއަށް ފުރި މައިކޮލެޖުގެ ބައެއް ދަރިވަރުން -- ފޮޓޯ: މައި ކޮލެޖް
ތަޖުރިބާ ހޯދުމުގެ ދަތުރުގައި ލަންކާއަށް ފުރި މައިކޮލެޖުގެ ބައެއް ދަރިވަރުން — ފޮޓޯ: މައި ކޮލެޖް

ތަޖުރިބާ ދަތުރެއްގައި މައިކޮލެޖުގެ 36 ދަރިވަރަކު ސްރީލަންކާ އަށް ދިއުމަށް މިއަދު ފުރައިފި އެވެ.

މިޑް ޓާމް ޗުއްޓީ އާ ދިމާކޮށް މައި ކޮލެޖުން ކުރާ އެ ދަތުރުގައި ބައިވެރިވަނީ އެ ކޮލެޖުގެ އަތޮޅުތެރޭ ކެމްޕަސް ތަކުގައި ޕްރީ ސްކޫލު، ޕްރައިމަރީ ޓީޗިން އަދި އެޗްއާރު ކިޔަވާ ކިޔަވާ ދަރިވަރުންނެވެ. އެގޮތުން ކުޅުދުއްފުށީ ކެމްޕަހުން 24 ކުދިންނާއި އޭދަފުށީ ކެމްޕަހުން 10 ކުދިންގެ އިތުރުން ގއ. ވިލިގިލީ ކެމްޕަހުން އެއް ކުއްޖަކު މިދަތުރުގައި ބައިވެރިވާ ކަމަށް މައިކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނީ، އެ ދަތުރުގައި ދަރިވަރުން ނޫރައްލިޔާ އަދި ކެންޑީގެ އިތުރުން ކޮލްމްބޯގެ ބައެއް ސްކޫލުތަކަށް ޒިޔާރާތްކޮށް ތަފާތު ތަޖުރިބާތައް ކުރާނެ ކަމަށެވެ.

ފަސް ލެކްޗަރާ އިން ވެސް ބައިވެރިވާ މި ދަތުރަކީ ހަތް ދުވަހުގެ މުއްދަތަކަށް ކުރާ ދަތުރެއް ކަމަށް މައި ކޮލެޖުން ބުނެ އެވެ. މި ދަތުރުގެ އިތުރުން އައްޑޫ ކެމްޕަހުގައި ކިޔަވާ އެ ކޮލެޖުގެ 33 ދަރިވަރަކު މިއަދުވަނީ މެލޭޝިޔާ އަށްވެސް ފުރައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.