ހުމުން ރައްކާތެރިވުމަށް އޭދަފުށި ސާފުކޮށްފި

ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. --ފޮޓޯ: އަތޮޅު ހޮސްޕިޓަލް
ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. –ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލު އިސްވެ އެހެން މުއައްސަސާތަކާއި އާއްމުން ގުޅިގެން، ރާއްޖޭގައި މިހާރު ހަލުއިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން މިއަދު އޭދަފުށި ސާފުކޮށްފި އެވެ.

އަތޮޅު ހޮސްޕިޓަލުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުއްﷲ ވިދާޅުވީ، މިއަދު ހެނދުނު ފެށި ސާފުކުރުމުގެ ހަރަކާތުގައި ސަރުކާރު/ކުންފުނި ތަކުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ބައެއް އާއްމު ރައްޔިތުންވެސް ބައިވެރިވި ކަމަށެވެ.

މީގެ އިތުރުން މި ހަރަކާތުގައި ރަށު ތެރޭގައި ހުރި މީހުން ދިރި ނޫޅޭ ފަޅު ގެ ތަކާއި ތަންތަންވެސް ޗެކުކޮށް މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭދަފުށިގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސާފުކުރިއިރު ބައެއް ސަރަހައްދުތަކުން އެންމެ ބޮޑެތި ބާޒާރު ކޮތަޅުގެ 150 އަށް ވުރެ ގިނަ ކޮތަޅުގެ ކުނި އެއްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. --ފޮޓޯ: އަތޮޅު ހޮސްޕިޓަލް
ރަށުތެރެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވަނީ. –ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމާއި ރޯގާގައި، ބ. އަތޮޅު ހޮސްޕިޓަލަށް ދައްކައި ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ.

އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެ ބައްޔަށް މިހާތަނަށް 105 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.