ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު ބަންދުކޮށްފި

ޓީބީ 3 އޮން 3 މުބާރާތް މިދިޔަ އަހަރު ފުޓްސަލް ދަނޑުގައި ކުޅެނީ . ހުމުގެ ރޯގާގެ ސަބަބުން ދަނޑު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި | އީޓީ ފައިލް ފޮޓޯ
ޓީބީ 3 އޮން 3 މުބާރާތް މިދިޔަ އަހަރު ފުޓްސަލް ދަނޑުގައި ކުޅެނީ . ހުމުގެ ރޯގާގެ ސަބަބުން ދަނޑު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި | އީޓީ ފައިލް ފޮޓޯ

ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރޭ ވައިރަލް ހުމާއި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން އޭދަފުށީ ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު ވަގުތީގޮތުން ބަންދުކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ އެއް ހަފްތާގެ މުއްދަތަށް ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު ވަގުތީގޮތުން ބަންދުކުރީ، މިހާރު ފެތުރެމުންދާ ހުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ސިއްހީދާއިރާގެ ލަފާގެ މަތިން ކަމަށެވެ.

ރޯގާ އާ ގުޅިގެން މިހާރު ސްކޫލްތައް ބަންދުކޮށްފައިވުމާއި އަދި މި ހަފުތާއަކީ ސްކޫލްތަކުގެ ޓާމް ޗުއްޓީކަމުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ހަރަކާތްތައް މަޑުޖައްސާލުމަށްވެސް އޭދަފުށީ ކައުންސިލުން އިލްތިމާސްކުރެ އެވެ.

އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ހުމުގެ ތެރެއިން އެޗް1އެން1 ޖެހިގެން މިހާތަނަށް ވަނީ ދެ މީހަކު މަރުވެފަ އެވެ. އެއީ 26 އަހަރުގެ ފިރިހެނަކާއި 51 އަހަރުގެ އަންހެނެކެވެ

އެޗް1އެން1 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެގެ ނިޔަލަށް 114 އަށް އަރާފައި ވިޔަސް ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު މިހާރު މަދުވަމުން އަންނަ ކަމަށް ހެލްތް ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.