މާރެސް އަންހެން ވޮލީ މުބާރާތް މާދަމާ ހަވީރު ފަށަނީ

މިދިޔަ އަހަރުގެ މުބާރާތުގައި ދަރަވަންދޫ ޓީމު ކުޅުންތެރިން ތަށި ލިބުމުން އުފާފާޅުކުރަނީ.– އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރުގެ މުބާރާތުގައި ދަރަވަންދޫ ޓީމު ކުޅުންތެރިން ތަށި ލިބުމުން އުފާފާޅުކުރަނީ.– އީޓީ ފައިލް ފޮޓޯ

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ އަތޮޅު އަންހެން ވޮލީ މުބާރާތް މާދަމާ ފަށާނެ އެވެ.

ބ. އަތޮޅުގެ ރަށްރަށަށް ހުޅުވައިލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ފަސް ޓީމު ވާދަ ކުރެއެވެ. އެއީ މާޅޮސް، ދަރަވަންދޫ، ދޮންފަން، ގޮއިދޫ އަދި ކަމަދޫންނެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަތޮޅުގައި ތިބި އަންހެން ވޮލީ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، އެ ކުޅުންތެރިންގެ ވޮލީގެ ހުނަރު ތަރައްގީކުރުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ. އަދި މީގެ އިތުރުން، މި ކުޅިވަރުގެ ތެރެއިން އަތޮޅުގެ އަންހެން ކަނބަލުންނަށް ދުޅަހެޔޮސިއްހަތެއް ހޯދައިދިނުންވެސް ހިމެނެ އެވެ.

މިއީ މާރެސް އިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ހުށަހަޅާފައިވަނީ -/10،000ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތް ކުރިއަށްދާނީ މާޗު 25 ގެ ނިޔަލަށެވެ. މާޅޮސް ބަލިކޮށް މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދަރަވަންދޫ އެވެ.

މި މުބާރާތުގެ މެއިން ސޮޕަންސަރަކީ ރެޑްވޭވް އެވެ. ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު އޮންލައިން މީޑިޔާ ޕާޓްނަރަކީ މިއަހަރުވެސް “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.