ރެޑްކްރެސެންޓާއި ފޭލި ގުޅިގެން ބިދޭސީންނަށް އެޗް1އެން1 އާ ބެހޭ މައުލޫމާތު ދީފި

ފޭލިން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލުމާތުދެނީ / އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފޭލިން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލުމާތުދެނީ / އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެޗްވަންއެންވަންއާ ގުޅޭ މައުލޫމާތު އޭދަފުށީގައި މަސައްކަތްކުރާ ބިދޭސީންނަށް މޯލްޑިވްސް ރެޑްކްްސެންޓާ ގުޅިގެން ފޭލި ޖަމިއްޔާއިން ފޯރުކޮށްދީފި އެވެ.

ފޭލި ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، އޭދަފުށީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަށް އެޗް1އެން1 އާ ބެހޭގޮތުން އިއްޔެ މައުލޫމާތު ދީފައިވާ ކަމަށާއި އެ ޕްރޮގްރާމް ހިންގުމުގައި ފޭލި ޖަމިއްޔާގެ މެންބަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ފޭލިން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލުމާތުދެނީ / އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފޭލިން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލުމާތުދެނީ / އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ރެޑް ކްރެސެންޓާ ގުޅިގެން ފޭލިން އޭދަފުށީގައި ހިންގި އެ ޕްރޮގުރާމުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ހިނގައި، ދިމާވާ ބިދޭސީންނަށާއި އަދި ބިދޭސިން މަސައްކަތ ކުރާ ބައެއް ސައިޓްތަކަށާއި ކެފޭ ރެސްޓޮރަންޓްތަކަށް ގޮސް އެ ރޯގާ އަދި ވައިރަސް ޖެހޭ ގޮތާއި ފެތުރޭގޮތް އަދި ބަލިން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންތައް ކިޔައިދީ އެމީހުންގެ ބަހުން ތައްޔާރުކޮށްފައިހުރި ލީފްލެޓް ފަދަ ތަކެތި ދީފައިވެ އެވެ.

ފޭލިން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލުމާތުދެނީ / އީޓީ ފޮޓޯ: ރާއިފް ޔޫސުފް
ފޭލިން ބިދޭސީންނަށް އެޗް1އެން1އާ ބެހޭ މައުލުމާތުދެނީ / އީޓީ ފޮޓޯ: ރާއިފް ޔޫސުފް

“މިއަދު ހަވީރުވެސް ވީހާވެެސް ގިނަ ބިދޭސީންނަށް މައުލޫމާތު ދިނުމަށް އަޅުގަނޑުމެންގެ ޓީމުތައް ހަރަކާތްތެރިވާނެ، މިއީ މޯލްޑިވްސް ރެޑްކްރެސެންޓާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް،” އޮފިޝަލް ވިދާޅުވިއެވެ.

މޯލްޑިވްސް ރެޑްކްރެސެންޓުން ވަނީ މިދިޔަ ހަފްތާ އައްޑޫ ސިޓީގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް އެޗް1އެން1 އާ ބެހޭ މައުލޫމާތު ފޯރުކޮށްދީފި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.