އުރީދޫން ރާއްޖެއަށް ސްޕޫލް ތައާރަފުކޮށްފި

އުރީދޫ އިން ރާއްޖެއަށް ސްޕޫލް ތައާރަފުކުރުން -- ފޮޓޯ: އުރީދޫ
އުރީދޫ އިން ރާއްޖެއަށް ސްޕޫލް ތައާރަފުކުރުން — ފޮޓޯ: އުރީދޫ

އުރީދޫއިން ސްޕޫލް އާއި ގުޅިގެން، މަގްބޫލް އެންޓަޓެއިންމަންޓް ކޮންޓެންޓް ޕްލެޓްފޯމް ކަމަށްވާ ސްޕޫލްގެ ޕްރީމިއަމް ވަރޝަން ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް މެދުވެރިކޮށް 10000 ގަޑިއިރުގެ ބޮލީވުޑް ފިލްމް ބަލާލެވޭ އިރު، އެންމެ ފަހުގެ ފިލްމްތަކުން ފެށިގެންގޮސް އެންމެ ކުރީގެ ފިލްމުތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށާއި ސްޕޫލްގެ ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، އެ ޕްލެޓްފޯމުން ފޯރުކޮށްދޭ ގިނަގުނަ ފިލްމުތައް ކޮންމެ ސްމާޓް ޑިވައިސް އެއްގައިވެސް ބަލާލެވޭނެ ކަމުގައި އުރީދޫއިން ހާމަކުރެ އެވެ.

“ސްޕޫލްގެ ޚާއްސަ ކަމަކީ މި ހުރިހާ ފިލްމެއްވެސް ބޭނުން ތަނެއްގައި ބޭނުން ގަޑިއަކު ވެބްސައިޓް ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ބަލާލެވޭނެ،” އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

ނޫރާ ވިދާޅުވީ ސްޕޫލްގެ ޕްރީމިއަމް ކެޓެލޮގް އަންލިމިޓެޑް އެކްސެސް ލިބި، ކޮންމެ ސްމާޓް ޑިވައިސެއް ބޭނުންކޮށްގެންވެސް ސްޕޫލްއިން ފިލްމު ބަލައިލެވޭނެ ކަމަށެވެ. އަދި ފިލްމު ބަލާއިރު އިޝްތިހާރާއި މެދުކެނޑުންތައް ވެސް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ސްޕޫލްއަށް ސަބްސްކްރައިބް ކުރުމަށްޓަކައި ތިން ޕެކޭޖެއްވެސް ތައާރަފުކޮށްފައެވެ.

އެއީ ތިން ރުފިޔާގެ “ސްޕޫލް މޫވީޒް 3” ޕެކޭޖު، 25 ރުފިޔާގެ “ސްޕޫލް މޫވީޒް 25” ޕެކޭޖް، 75 ރުފިޔާގެ “ސްޕޫލް މޫވީޒް 75″، އަދި 180 ރުފިޔާގެ ސްޕޫލް މޫވީޒް ޕެކޭޖެވެ. މި ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ “GO” ޖެހުމަށްފަހު 4545 އަށް މެސެޖު ފޮނުވުމެވެ. ނުވަތަ ސްޕޫލްގެ ވެބްސައިޓު މެދުވެރިކޮށް، އުރީދޫގެ ޕެކޭޖުތަކުގެ ތެރެއިން ކޮންމެވެސް އެއް ޕެކޭޖެއް ޚިޔާރު ކުރެވޭނެއެވެ.

އުރީދޫއިން މީގެ ކުރިން ވަނީ އިންޑިއާގެ އޮންލައިން ކޮންޓެންޓް ޕްލެޓްފޯމް “އިރޮސް ނައު” އަދި “ހަންގާމާ”ވެސް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.