އަންހެން ވޮލީ މުބާރާތް: މާޅޮހާއި ކަމަދޫ ސެމީ އަށް

މާރެސް އަންހެން ވޯލީ މުބާރާތުގެ ތެރެއިން
މާރެސް އަންހެން ވޯލީ މުބާރާތުގެ ތެރެއިން

ބ. މާޅޮހު މާރެސް ޖަމިއްޔާގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާޅޮހާއި ކަމަދޫ ވާދަކުރަން ޖެހިއްޖެ އެވެ.

މި ދެ ޓީމު ސެމީން ފުރުސަތު ހޯދީ ކުޅުނު ދެ މެޗުން މޮޅުވެ ތިން ޕޮއިންޓާ އެކު އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ދޮންފަނު އަތުން ދަރަވަންދޫ މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު 17 އަދި ދެވަނަ ސެޓް 25-18 އިން ކާމިޔާބުކުރީ ދަރަވަންދޫންނެވެ. ތިންވަަނަ ސެޓް 23-25 އިން ހޯދީ ދޮންފަނެވެ. ހަތަރުވަނަ ސެޓް 25-20 އިން ދޮންފަނުން ކާމިޔާބު ކުރުމުން ދެ ޓީމު އެއްވަރުވި އިރު، ދަރަވަންދޫ މޮޅުވީ ފަހު ސެޓުން 15-3 އިން ކާމިޔާބު ކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަރަވަންދޫ ޓީމުގެ އައިމިނަތު މައުރޫޝާ އެވެ.

މި ނަތީޖާއަށް ބަލާއިރު މާޅޮހާއި ކަމަދޫ އަށް 3 ޕޮއިންޓް ލިބިފައިވާއިރު، އެންމެފަހުގެ ޗެމްޕިއަން ދަރަވަންދޫ އަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. ދޮންފަނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކުޅުނު ދެ މެޗުން މޮޅުވެ ގޮއިދޫ ޓީމު ވަނީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ކަމަދޫ އަތުން ސީދާ ތިން ސެޓުން މާޅޮސް މޮޅުވެއްޖެ އެވެ.

ޗެމްޕިއަންޓީމަށް -/10،000ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލު މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. މީގެ އިތުރުން ދިރާގުން ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ “އީޓީ” އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.