އެއްވެސް ޓީޗަރަކު ނާންނާތީ ބަހިއްޔާ ޕްރިސްކޫލްގެ ކިޔެވުން މިއަދަށް ބަންދުކޮށްފި

މިއަދު ހެދުނު ސެޝަން އަށް ބ. އޭދަފުށީ ބަހިއްޔާ ޕްރީސްކޫލަށް ދިޔަ ކުއްޖަކު ސްކޫލް ބަންދުކޮށްފައި ހުރީމާ މަގުމަތީގައި މަޑުކޮށްލައިން.–ނިޔަމި ފޮޓޯ

9:30 : ކިޔަވައިދޭނެ އެއްވެސް ޓީޗަރަކު ނާންނާތީ މިއަދު ބަހިއްޔާ ޕްރީ ސްކޫލުގެ ކިޔެވުން ބަންދު ކޮށްފި އެވެ.

މި ކަމާ ގުޅިގެން ބަހިއްޔާ ޕްރީ ސްކޫލު ޓީޗަރުން ސޮއި ކުރަމުން ގެންދާ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އެ މަރުކަޒުގައި ސޮއި ކުރާ ބަހިއްޔާ ޕްރީ ސްކޫލުގެ 2 ޓީޗަރުން ވެސް މިއަދު ތިބީ ސަލާމުގައި ކަމަށެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ބެލެނިވެރިޔަކު މިއަދު އީޓީ އަށް ކިޔައިދިން ގޮތުގައި ދަރިފުޅު ގޮވައިގެން މިއަދު ސްކޫލަށް ދިޔައިރު ސްކޫލު ގޭޓް ހުރީ ލައްޕާފައި ކަމަށާއި އަދި އެ ތަނުގެ އެއްވެސް މުވައްޒަފަކު ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ.

”ޓީޗަރުން ހާޒިރު ނުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށް ސްކޫލުގެ ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ކައުންސިލަރު ދެއްކެވި ވާހަކަ ބައެއް ފަރާތްތަކަށް އޮޅުން އަރާ ގޮތަށް މާނަ ކުރެވިގެން އެ ކަމާ ހިތްހަމަ ނުޖެހިގެން ސްކޫލަށް ނުނިކުތީ ކަމަށް. އެކަމަކު ވެސް ރަށު އޮފީހުން ވަކި އެއްޗެއް އަންގަންދެން އަދިވެސް މިތާ މަޑުކޮށްލައިގެން މި ހުރީ،” މިއަދު ހެނދުނު ބަހިއްޔާ ޕްރީ ސްކޫލު ކައިރީ ހުރި ބެލެނިވެރިޔަކު ބުންޏެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި ބަހިއްޔާ ޕްރީސްކޫލުގައި ކިޔަވައިދޭ އެއްވެސް ޓީޗަރަކު މިއަދު އެ ސްކޫލަށް ހާޒިރެއް ނުވެ އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގައި 90 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.