އަތޮޅު ތައުލީމީ މަރުކަޒުވެސް މިއަދު ވަރަށް ފަޅު

baec2016-912

ހުމާ ގުޅިގެން ބަންދުކޮށްފައިވާ ސްކޫލުތައް މިއަދު އަލުން ހުޅުވައި ކިޔަވައިދޭން ފެށި އިރު ބ. އަތޮޅު ތައުލީމީ މަރުކަޒުވެސް މިއަދު ވަރަށް ފަޅެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންގެ ތެރެއިން މިއަދު ސްކޫލަށް ހާޒިރުވީ 10 ވަރަކަށް ކުދިންނެވެ. އެހެންވެ ކުދިން މަދުކަމުން އެ ގްރޭޑްތަކަށް ކިޔަވައެއްވެސް ނުދެ އެވެ. އެ ކްލާސް ރޫމުތައް އޮތީ ހުހަށެވެ.

އެނގިފައި ގޮތުގައި މިއަދު އެ ސްކޫލުގެ ހެނދުނު ސެޝަނުގައި 150 އަށްވުރެ ގިނަ ކުދިން ހާޒިރެއް ނުވެއެވެ. އަދި ސްކޫލަށް އައި ކުދިންގެ ތެރެއިންވެސް ބައެއް ކުދިން ފަރާތުން ރޯގާގެ އަލާމާތްތައް ފެންނާތީ، ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ.

ބައެއް ޓީޗަރުން ބުނިގޮތުގައި، ބައެއް ގްރޭޑްތަކަށް ކުދިން ހާޒިރުވި އަދަދު މަދުކަމުން އިތުރު ފިލާވަޅުތައް ކުރިއަކަށް ނުގެންދެ އެވެ. ބައެއް ކްލާސްތަކުގައި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން ހާޒިރު ނުވާ ކަމަށްވެސް ބައެއް ޓީޗަރުން ބުންޏެވެ.

ބައެއް ބެލެނިވެރިން ބުނީ ހުން ކޮންޓްރޯލް ނުވާނަމަ މާދަމާވެސް ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށެވެ.

“ކިހިނެއްތޯ ސްކޫލަށް ފޮނުވާނީ، މިއަދު މިރަށުގައި ފާނަ ބަސަންދު ހަލުވި ކަމާއެކު ފެތުރޭ ކަމަށް އެބުނީ. ގައިމުވެސް އަހަރެެންގެ ދަރިންނެއް މިހާލަތަކު ސްކޫލަކަށް ނުފޮނުވާނަން، ކުދިން މަދަކަމުން ވަކި އިތުރު އެއްޗެއް ކިޔަވައިދެނީކީވެސް ނޫން،” ޕްރައިމަރީ ގްރޭޑެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

މާލޭގެ ގިނަ ސްކޫލްތަކުގެ ހެނދުނު ސެޝަނުގައިވެސް ސްކޫލަށް ދިޔައީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ. ބައެއް ސްކޫލްތަކުގެ ކްލާސްރޫމްތައް އޮތީ ހުހަށެވެ.

ސްވައިން ފްލޫ ބާރު ސްޕީޑުގައި އިތުރުވަމުން ދަނިކޮށް، ސްކޫލްތައް ހުޅުވުމަކީ “ސަރުކާރުގެ ސިޔާސީ ނިންމުމެއް ކަމަށް ސްކޫލްތައް ހުޅުވުމާ ދެކޮޅަށް ވާހަކާ ދައްކާ ބައެއް ބެލެނިވެރިން ދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.