އޭދަފުށީ މެޑިކަލް ސެންޓަރުން ދަތުގެ ފަރުވާ ފަށަނީ

އީއެމްސީން ދަތުގެ ދަރުވާ ފެށުމަށް ބާއްވާ ކޭމްޕްގެ ޕޯސްޓަރެއް
އީއެމްސީން ދަތުގެ ދަރުވާ ފެށުމަށް ބާއްވާ ކޭމްޕްގެ ޕޯސްޓަރެއް

އަންނަ މަހުން ފެށިގެން އޭދަފުށީ މެޑިކަލް ސެންޓަރު (އީއެމްސީ) ން ދަތުގެ ބަލިތަކަށް ފަރުވާދޭން ފަށާނެ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ އިސް އޮފިޝަލު ވިދާޅުވީ އެ ސެންޓަރުގައި ދަތުގެ ފަރުވާތައް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ޑެންޓަލް ކޭމްޕް އަންނަ އޭޕްރީލް މަހުގެ 10-12 ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އީއެމްސީން ބުނި ގޮތުގައި އެ ކުލިނިކުން ދަތުގެ ހިދުމަތްދޭން ފަށަނީ ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު އެންމެ ރަނގަޅު ފެންވަރުގެ ސްޕަސްޕެސަލިސްޓް ޑޮކްޓަރުންނާ އެކުގަ އެވެ.

“މިއީ މިއަތޮޅުގެ ރައްޔިތުން ވަރަށް ބޭނުންވެފައިތިބި ހިދުމަތެއް، އިރާދަކުރެއްވިއްޔާ މި ހިދުމަތް ފެށުމުން މެދު ނުކެނޑި ދަތުގެ ހުރިހާ ބައްޔަކަށްވެސް ފަރުވާދެމުން ގެންދާނެ،” އޮފިޝަލު ވިދާޅުވި އެވެ.

އީއެމްސީން ބުނީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ކުޑަކަމުދާ ނިޒާމްގެ ބަލިތަކާބެހޭ ރާއްޖޭގެ މޮޅު ޑޮކްޓަރެއް ކަމަށްވާ ޑރ އަސްރަފްވެސް އެ ކްލިނިކްގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

“މިއީ އަޅުގަނޑު ވަރަށް މާތް މަގްސަދެއްގައި ކުރާ ކަމެއް. މިއަތޮޅުގައި އެބަތިބި ތަފާތު ފަރުވާއަށް ބޭނުންވާ ތަފާތު ބަލިތަކުގެ މީހުން. ގިނަ މީހުންނަށް ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން މާލެ ދިއުމަކީ އެހާ ފަސޭހަ ކަމެއްނޫން، އެހެންވެ މީގެ މަގުސަދަކީ މިހިދުމަތް ރައްޔިތުންނާއި ވީހާވެސް ކައިރިން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން،”

އީއެމްސީން ދޭ ދަތުގެ ފަރުވާ ތަކުގެ ތެރޭގައި؛

  • ދަތް ހުދުކުރުން
  • ދަތް ސާފުކުރުން
  • ރޫޓް ކެނަލް ހެދުން
  • ދަތުގައި ނަރުގަނޑުއެޅުވުން
  • ދަތްނެގުން
  • އޮޕަރޭޝަންކޮށްގެން ދަތްނެގުން
  • ދަތަށް ފުޓުނިއެޅުން

 

މީގެ އިތުރުންވެސް ދަތާއި ގުޅުންހުރި އިތުރު ފަރުވާތައް ލިބެން ހުންނާނެ ކަމަށް އޭދަފުށީ މެޑިކަލް ސެންޓަރުން ބުންޏެވެ. އެޕޮއިންޓްމެންޓް ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7523242، 9631111 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.