މިއަދު ސްކޫލަށް ދިޔަ ކުދިންގެ އަދަދު މާ މަދު!

މިއަދު ހެނދުނު ސެސަނަށް އަތޮޅު ތައުލީމީ މަރުކަޒަށް ދިޔަ ދަރިވަރުންތަކެއް ސްކޫލު ތެރޭގައި- ފޮޓޯ / ކިޔުންތެރިއެއް
މިއަދު ހެނދުނު ސެސަނަށް އަތޮޅު ތައުލީމީ މަރުކަޒަށް ދިޔަ ދަރިވަރުންތަކެއް ސްކޫލު ތެރޭގައި- ފޮޓޯ / ކިޔުންތެރިއެއް

ހުމާ ގުޅިގެން ބަންދުކޮށްފައިވާ ސްކޫލުތައް އިއްޔެ އަލުން ހުޅުވައި ކިޔަވައިދޭން ފެށި ނަމަވެސް، މިއަދު ސްކޫލުތަކަށް ދިޔަ ދަރިވަރުންގެ އަދަދު މާ މަދުވެއްޖެ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މިއަދުވެސް ބ. އަތޮޅުގެ ގިނަ ސްކޫލްތަކުގައި ހެނދުނު ސެޝަނުގައި ކިޔަވަން ދިޔައީ ވަރަށް މަދު ދަރިވަރުންތަކެކެވެ. ބައެއް ޓީޗަރުން ބުނިގޮތުގައި، ބައެއް ސްކޫލްތަކުގައި 65 ޕަސެންޓް ދަރިވަރުން ވެސް މިއަދު ހާޒިރެއް ނުވެ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ގްރޭޑްތަކަށް މިއަދު ހެނދުނު ހާޒިރުވި ދަރިވަރުންގެ އަދަދު އިއްޔެއަށް ވުރެ ވަރަށް ބޮޑުތަން މަދެވެ. ބައެއް ކްލާސްތަކަށް ހާޒިރުވި އެންމެ ދެތިން ކުދިންނެވެ. ދަރިވަރުން ހާޒިރުވި އަދަދު މަދުކަމުން މިއަދު ފިލާވަޅުތަކެއް ނަގައެއްވެސް ނުދެ އެވެ.

 

“އިއްޔެ އަށް ވުރެ މިއަދު މާ މަދު ހެނދުނު ދަންފަޅީގައި ސްކޫލަށް ދިޔަ ކުދިން. އެންމެ ކުއްޖަކު ވެސް ނާންނަ ކްލާސްތައްވެސް އެބަހުރި. ދަށް ގްރޭޑުތަކުގައި ކިޔަވައިދެވޭ އަދަދަށް ކުދިން ހަމައެއް ނުވޭ ހަމަ އެއްވެސް ކްލާހެއްގައި،” ތައުލީމީ މަރުކަޒުގެ ޓީޗަރަކު ބުންޏެވެ.

 

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާ އާއި އިންފުލުއެންޒާގެ ހާލަތު ވެސް މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. މިގޮތަށް ހާލަތު ބަދަލުވި ނަމަވެސް އާއްމު ސާފުތާހިރުކަން ދަމަހައްޓައި ރޯގާ ޖެހިފައިވާ މީހުންނާއި ކުދިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.