މި ހަފްތާ ސްކޫލުތައް ބަންދުކުރަން ނިންމައިފި

baec-2016-321

މި ހަފުތާގައި ސްކޫލުތައް ބަންދުކުރަން ސަރުކާރުން ނިންމައި، ދެންމެ އެކަން އިއުލާންކޮށްފި އެވެ.

މިކަން އިއުލާން ކުރީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ފެތުރެމުން ދާ ހުމާ ބެހޭ ސަރުކާރުގެ އެންމެ އިސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، ހުމާއި ރޯގާ ފެތުރެމުންދާތީ ސްކޫލްތައް ބަންދުކުރީ އެކަމަކީ ހުމާއި ރޯގާ ފެތުރުން ކުޑަކުރެވިދާނެ ކަމެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ލަފާދިނުމުން ކަމަށެވެ.

“އަޅުގަނޑުމެން އަބަދުވެސް ނިންމުންތައް ނިންމާނީ ރައްޔިތުންގެ އިހުސާސްތަކާ އެކު،” ހެލްތު މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާ އެކު ބާއްވަވަމުން ގެންދަވާ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ބަންދު ކުރާނީ ރޯގާގެ ހާލަތު ބަލައި، ބަންދުކުރަން ޖެހޭ ސްކޫލުތަައް ކަމަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރޯގާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި، އަވަސް ފުރުސަތެއްގައި އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލު ބަންދުކުރީ ރަނގަޅު ކަމެއް ކަމަށް ވާތީ ކަމަށާއި ސްކޫލުތައް ހުޅުވީ ވެސް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލައިފައި ކަމަށެވެ.

އަލުން ސްކޫލްތައް ހުޅުވީ، ހުމާއި ރޯގާގެ ހާލަތު ރަނގަޅުވެ، އިތުރަށް ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުން މުހިންމު ނޫން ކަމަށް ފެނުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.