ރޯގާގެ ކޭސްތައް އަދިވެސް އެންމެ ގިނައީ ބ. އަތޮޅުގައި

މިއަދު އިންފުލުއެންޒާ ވެކްސިން ޖަހަންގޮސްތިބި ބަޔަކު  އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން
މިއަދު އިންފުލުއެންޒާ ވެކްސިން ޖަހަންގޮސްތިބި ބަޔަކު އަތޮޅު ހޮސްޕިޓަލުގައި މަޑުކޮށްލައިގެން

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ހުމުގެ ރޯގާ ޖެހިގެން ބ. އަތޮޅުގެ ރަށްތަކުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވަމުން ދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭގެ ގެ މިއަދުގެ ހިސާބުތަކުން ދައްކާ ގޮތުން ހުމާއި ރޯގާ ޖެހިގެން އިއްޔެ އެންމެ ގިނައިން ފަރުވާ ހޯދީ ބ. އަތޮޅުންނެވެ. މިއަތޮޅުން އިއްޔެ 89 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އޭގެ ކުރީ ދުވަހު މިއަތޮޅުގެ ރަށްރަށުން ހުމަށް 38 މީހުން ފަރުވާ ހޯދިއިރު، ހުކުރު ދުވަހު އެ އަދަދު އުޅެނީ 28 ގަ އެވެ.

ހުމާއި ރޯގާ ފެތުރެމުން ދަނިކޮށް އިއްޔެ އަލުން ސްކޫލުތައް ހުޅުވި ނަމަވެސް މިއަތޮޅުގެ ގިނަ ރަށްރަށުގައިވެސް ވަރަށް މަދު އަދަދެއްގެ ދަރިވަރުން ނޫނީ ސްކޫލަކަށް ނުދެ އެވެ. މިއަދު ހެނދުނު ސެޝަންގެ އިންޓަވަލްއަށްފަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ގިނަ ކްލާސްތައް އޮތީ ފަޅަށެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސްގައި، ސަރުކާރުގެ ހުމާ ބެހޭ އެންމެ އިސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަން ޝަރީފް ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ސަރުކާރުން ދީލާލައިފައިވާތީ، ރައީސް އަބްދުﷲ ޔާމީން ވަނީ ކުރިއަށް އޮތް ތިން ދުވަސް ބަންދުކުރަން ނިންމާފަ އެވެ.

އެކަމަކު އޭނާ ވިދާޅުވީ ބަންދު ކުރާނީ ރޯގާގެ ހާލަތު ބަލައި، ބަންދުކުރަން ޖެހޭ ސްކޫލުތަައް ކަމަށެވެ. އޭގެ ތެރޭގައި ބ. އަތޮޅުގެ އެއްވެސް ސްކޫލެއް ނުހިމެނެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ރޯގާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށާއި، އަވަސް ފުރުސަތެއްގައި އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާއްމުކުރި މައުލޫމާތުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް 546 މީހަކު ޓެސްޓްކުރި އިރު 199 މީހަކުވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 35 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އެމީހާ

    ފޮޓޯއިން ފެންނަ ބެނާގައި ވަާ ލިޔުމާއި ފޮޓޯގެ ތިރީގައިވާ ލިޔުންކޮޅާްއި ކިހާވަރެއްގެ ގުޅުމެއް ވޭ ބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ ގުޅުމެއް ނުވަންޏާ ކްރޮޕްކޮށްލާފައި ފޮޓޯލީ ނަމަ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.