ދިގުފަރު ރިސޯޓުން ފަރު ސާފުކޮށްފި

17499162_758608727627329_165891368971081995_n

ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުން އެ ރަށު ފަރު ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެ ރިސޯޓުން ބުނި ގޮތުގައި “ރީފް ކޮންޒަވޭޝަން” ޕްރޮގްރާމުގެ ނަމުގައި މިއަދު ހަވީރު ބޭއްވި މި ހަރަކާތަކީ އެ ރިސޯޓްގެ ޗެއާމަން އިސްނަގައިގެން ފެށި ޕްރޮގްރާމެކެވެ.

ފަރު ސާފު ކުރުމުގެ އެ ހަރަކާތުގައި އެ ރިސޯޓްގެ މުވައްޒަފުންގެ އިތުރުން ގިނަ އަދަދެގެ ޓޫރިސްޓުންވެސް ބައިވެރިވި އެވެ. އަދި ފަރު ސާފުކުރުން ކުރިއަށް ދިޔައި، ބީޗު އޯޕަން ބާ ގައި ތަފާތު ބުއިންތަކާއި ހެދިކާ ފަދަ ތަކެތި ހިލޭ ލިބުމުގެ އިންތިޒާމުތަކާ އެކު ކަމަށް އެ ރިސޯޓުން ބުންޏެވެ.

އެ ރިސޯޓުން ބުނީ މިއަދު ހަވީރު 4-6 އަށް ހިންގި މި ހަރަކާތުގައި އެ ރިސޯޓުގެ ފަރުން ބޮޑު ބައެއް ސާފުކުރެވުނު ކަމަށާއި މި އިވެންޓަށް ލިބުނު ތަރުހީބު ބޮޑުކަމުން ކޮންމެ މަހަކު އެއްފަހަރު ފަރު ސާފުކުރަން ނިންމާފައިވާ ކަމަށެވެ.

ދިގުފަރު ރިސޯޓުން ފަރު ސާފުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ / އަލީ އިސްމާއިލް
ދިގުފަރު ރިސޯޓުން ފަރު ސާފުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ / އަލީ އިސްމާއިލް

ހިމާޔަތްކޮށްފައިވާ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި ދިގު ފަރެއްގެ މެދުގައި ބޮޑު ފަޅާކާ އެކު އޮންނަ ހިތްގައިމު ރީތި އެ ރިސޯޓް ހުޅުވީ މިދިޔަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.