ބީއެމްއެލް އިން ދަރަވަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށަނީ

l_442862

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. ދަރަވަންދޫގައި އޭޓީއެމް ގެ ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް އެތަނުން ބުނެފި އެވެ.

ބ. އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓް އޮންނަ ރަށް ކަމަށްވާ ދަރަވަންދޫގައި ބީއެމްއެލް އިން ބަހައްޓަން ނިންމާފައިވަނީ ސެލްފް ސާވިސް އޭޓީއެމް އެކެވެ. މި ވައްތަރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކޮށް ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ގައުމީ ބޭންކްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ދަރަވަންދޫގައި އޭޓީއެމްއެއްް ބަހައްޓަން ނިންމީ ނިންމީ އެ ބޭންކުގެ ހިދްމަތްތައް ބ. އަތޮޅުގައި ފުޅާކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމުމުގެ ގޮތުންނެވެ.

ދަރަވަންދޫގައި އޭޓީއެމް ބަހައްޓަން ނިންމާފައިވަނީ އެރަށު ޑޮމެސްޓިކް އެއާޕޯޓްގަ އެވެ. މި އޭޓީއެމް މެޝިން މިއަހަރުގެ ދެވަނަ ކުއާޓާގައި (އޭޕްރިލް-ޖޫން) ބަހައްޓާ ނިމޭނެކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ މި އޭޓީއެމްގެ ހިދުމަތް ދަރަވަންދޫގައި ދޭން ފެށުމުން ބ. އަތޮޅުގެ ތަރައްގީ އާއި ކުރިއެރުމަށް އަދި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބ. އަތޮޅުގެ ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން އަންނަނީ ބީއެމްއެލް އޭދަފުށީ ބްރާންޗުގައި ހުންނަ އޭޓީއެމް މެޝިނެއެވެ. މިވަގުތު ބ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ލިބެނީވެސް އެ ތަނުން އެކަންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 33 ބްރާންޗާއި 78 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 200 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.