ހުކުރު މިސްކިތުގެ ސީލިން މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފި

އޭދަފުށީ ހުކުރު މިސްކިތް. މިސްކިތުގެ ސީލިން މަރާމާތުކުރަން އަންނަ މަހު ފަށާނެ-- ފައިލް ފޮޓޯ
އޭދަފުށީ ހުކުރު މިސްކިތް. މިސްކިތުގެ ސީލިން މަރާމާތުކުރަން އަންނަ މަހު ފަށާނެ– ފައިލް ފޮޓޯ
ވަރަށް ބޮޑަށް ބާވެ، ސީލިންގުން ބައެއް ހަލާކުވެފައިވާ އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް)ގެ ސީލިން ބަދަލުކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

މިއީ، އެ މިސްކިތް 1996 ގައި ބިނާކުރި ފަހުން ސީލިން އެއްކޮށް މަރާމާތުކުރާ ފުރަތަމަ ފަހަރެވެ. މީގެ އަހަރުތަކެއް ކުރިން ސީލިން ގެ ބައެއް ވަނީ މަރާމާތުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިއްޔެ މި މަސައްކަތް ހަވާލުކުރީ މިރަށު “ރިނޯން” ކުންފުންޏާ އެވެ. އެ ކުންފުނީ ގެ ފަރާތުން ސޮއިކުރެއްވީ އޭދަފުށީ ކާށިދޫގޭ މުހައްމަދު އަފްލަހު އެވެ.

މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 618,765 (ހަލައްކަ އަށާރަހަށް ހަތްސަތޭކަ ފަސްދޮޅަށް ފަސްރުފިޔާ) ހަރަދު ކުރެ އެވެ. ސިލީން މަރާމާތު ކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވަނީ 50 ދުވަހުގެ ތެރޭގަ އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން ހުކުރު މިސްކިތުގެ ސީލިން އެކީ ބަދަލުކުރުން ހިމެނެ އެވެ. އަދި މިހާރު ހުރި ފަންކާ ތަކާއި ލައިޓްތަކަށްވެސް ބަދަލުތަކެއް ގެންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.

“މި މަސައްކަތުގެ ތެރެއިން ބައެއް އެހެނިހެން މަރާމާތުތައްވެސް ކުރިއަށްދާނެ. އިރާދުކުރެއްވިއްޔާ މިސްކިތް ސީލިން ބަދަލުކޮށް ރޯދައަށް ނިމޭނެ،”

އަށްސަތޭކަ އެއްހާ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭގޮތަށް ބިނާކޮށްފައިވާ އޭދަފުށި ހުކުރު މިސްކިތަކީ ސަރުކާރުގެ އެހީއާއެކު، އޭދަފުށި ރައްޔިތުން ހިލޭސާބަހަށް މަސައްކަތް ކޮށްގެން 1995 ވަނައަހަރު ބިނާކޮށް ނިންމި މިސްކިތެކެވެ. އޭގެފަހުން އެ މިސްކިތުގައި މިހާތަނަށް ކުރެވުނު މައިގަނޑު ބޮޑެތި މަރާމާތުތައް ކޮށްފައިވަނީ އޭދަފުށި ރައްޔިތުން ހިލޭ ސާބަހަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.