ދެލައްކަ ރުފިޔާގެ މަޝްރޫއުތަކަށް ވޯޓްލާން ބީއެމްއެލްއިން ހުޅުވާލައިފި‎

ދެލައްކަ ރުފިޔާގެ މަޝްރޫތަކަށް ވޯޓްލާން ބީ.އެމް.އެލް އިން ވަނީ ހުޅުވާލާފައި | ފޮޓޯ:ބީ.އެމް.އެލް
ދެލައްކަ ރުފިޔާގެ މަޝްރޫތަކަށް ވޯޓްލާން ބީ.އެމް.އެލް އިން ވަނީ ހުޅުވާލާފައި | ފޮޓޯ:ބީ.އެމް.އެލް

ދެމެހެއްޓެނިވި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދޭ ޕްރޮގްރާމަށް ހޮވުނު ފަސް ޕްރޮޕޯޒަލް އަށް ވޯޓުލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ޕްރޮގްރާމް، “އަހަރެންގެ ބޭންކް”ގެ ދަށުން ކުރިއަށް ގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް” އަށް ހޮވުނު ފަސް ޕްރޮޕޯޒަލް އަށް ވޯޓުލުމުގެ ފުރުސަތު ފޭސްބުކް މެދުވެރިކޮށް އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ދެ ލައްކަ ރުފިޔާ ލިބޭނީ ފަސް ޕްރޮޕޯޒަލްގެ ތެރެއިން ފޭސްބުކް މެދުވެރިކޮށް އެންމެ ގިނަ ވޯޓު ހޯދައިގެން ޕްރޮޕޯޒަލް ހުށަހެޅި ފަރާތަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ވޯޓަށް ހުޅުވާލި ފަސް ޕްރޮޕޯޒަލްގެ ތެރޭގައި ދ. ރިނބުދޫގައި އަތްތެރި މަސައްކަތްތަކުގެ ވީޑިއޯ ހެދުމުގެ ޕްރޮޖެކްޓަކާއި ގދ. ހޯޑެއްދޫގައި އޯގަނިކް ކަލްޗަރަލް ހަރަކާތްތައް ހިންގުމާ ގުޅޭ މަޝްރޫއަކާއި ތިމާވެއްޓާ ރައްޓެހި މާހައުލެއް ގާއިމުކުރުމަށް ހުޅުމާލޭގައި ބައިސްކަލް ބޭނުން ކުރެވޭނެ ޕްރޮޖެކްޓަކާއި ގދ. އަތޮޅުގެ ނުވަ ރަށެއްގައި ކޮމިއުނިޓީ ގާޑެން ތައްޔާރު ކުރުމާ ގުޅޭ މަޝްރޫއަކާއި އަތޮޅު ތެރޭގައި ދިރިއުޅޭ ކުޑަކުދިންނަށް ފޮތް ކިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޫލްތަކުގައި ރީޑިން ކޯނާއެއް ގާއިމު ކުރުން ހިމެނެ އެވެ.

މި ޕްރޮގްރާމަށް ހޮވަނީ ދިގު މުއްދަތަކަށް ފައިދާ ލިބޭނެ، ދެމެހެއްޓެނިވި މަޝްރޫއުތަކަށެވެ. ބީއެމްއެލް އިން ބުނި ގޮތުގައި ޕްރޮޕޯޒަލްތައް ދިރާސާ ކުރީ ބޭންކްގެ ޓީމަކުންނެވެ.

“އަހަރެންގެ ބޭންކް” ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. މިއީ ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.