ބޮޑެތި އިނާމްތަކާއެކު އެސްޓީއޯ “ރަމަޟާން ބާޒާރު” ފަށައިފި

ET FB post sample2017 new

އަގު ހުރި އިނާމްތަކާ އެކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ މި އަހަރުގެ “ރަމަޟާން ބާޒާރު” ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން އެސްޓީއޯ ހޯމް އިމްޕްރޯވްމަންޓާއި ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިޔަށް ދާނެ ކަމަށާއި ޕްރޮމޮޝަންގައި ހާއްސަ ލަކީ ޑްރޯތަކެއް ނަގާނެ ކަމަށެވެ.

މި އަހަރުގެ ޕްރޮމޯޝަނާ ބެހޭ ގޮތުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ސީނިއާ ބްރޭންޑު މެނޭޖަރ އާމިނަތު ޝުރުފާ ވިދާޅުވީ މި ޕްރޮމޯޝަންގައި ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމް ދިނުމުގެ އިތުރަށް، ޕްރޮމޯޝަންގެ މުއްދަތު ނިމުމުން ނަގާ ލަކީ ޑްރޯގައި އަގު ހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ގްރޭންޑް ޕްރައިޒްގެ ތެރޭގައި، އެއް ވަނަ އަށް ދާ ފަރާތަކަށް ދެ ބޭފުޅަކަށް ބެންކޮކް ދެކޮޅު ޓިކެޓާ އެކު 50،000 ރުފިޔާގެ ހޯމް އިމްޕްރޫވްމަންޓްގެ ޕްރޮޑަކްޓްސްވެސް ހިމެނެ އެވެ.

ދެވަނަ އިނާމަކަށް މީނީ ޗެންނާއީ ދެކޮޅު ޓިކެޓު އެއް ބޭފުޅަކަށް، 30،000 ރުފިޔާގެ އަގު ހުރި އިނާމްތަކާ އެކު ލިބޭނެ އެވެ.

ތިން ވަނަ އިނާމަކަށް މީނީ އަދާރަން ސިލެކްޓު ހުދުރަންފުށީގައި ދެ ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތާއި 20،000ރ. ގެ އިނާމް ލިބޭނެ އެވެ.

މި ފަހަރުގެ ޕްރޮމޯޝަން ކުރިއަށް ދާނީ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.