ރޯގާއާ އިންފުލުއެންޒާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ: އެޗްޕީއޭ

17156011_789882514499059_9082315141993156574_n

މާލެއާ ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ އަރިދަފުސް ރޯގާއާ އިންފްލެއެންޒާގެ ހާލަތު މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗް1އެން1 އަށް ވޭދުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިތުރު 23 މީހަކު ޕޮޒިޓިވް ވެފައިވާ ކަަމަށް އެޗްޕީއޭއިން ނެރޭ ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް މިއަދު އެތަނުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތީ މީހުންނަށް އެއްވެ އުޅެވޭ ވަރުގެ އާންމު ހާލަތެއް ކަމަށެވެ. އަދި އެޗް1އެން1 އަށް ޕޮސިޓިވް ވާ މީހުންގެ އަދަދު އިތުރު ވުމަކީ ބަލި ކޮންޓްރޯލް ނުވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތަފާސް ހިސާބުތައް އަތޮޅުތައް ވަކިން އެނގޭގޮތަށް ކޮންމެ ދުވަހަކު އާއްމުކުރަމުން އަޔަސް ވޭތުވެދިޔަ ދެ ދުވަހު އަތޮޅުތައް ވަކިން އެނގޭ ގޮތަށް އެ ހިސާބުތަކެއް ނުނެރެ އެވެ.

ހަމައެކަނި ހާމަކޮށްފައި މިވަނީ، އަތޮޅުތެރެއިން ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ ޖުމްލަ އަދަދެވެ. އެހެންވެ، ބ. އަތޮޅުން ރޯގާ ޖެހޭ މީހުންގެ އަދަދު ދަށްވީ ކަމެއް ނުވަތަ އިތުރުވީކަމެއް ސާފެއް ނުވެ އެވެ.

އެ ހިސާބުތައް ދައްކާގޮތުން ރޯގާ ޖެހިގެން އިއްޔެ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ، އޭގެ ކުރީ ދުވަހަށް ވުރެ މަދުވެފަ އެވެ. ހޯމަ ދުވަހު އަތޮޅުތަކުން 824 މީހުން ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު އަންގާރަ ދުވަހު އެ އަދަދު އުޅެނީ 797 ގަ އެވެ.

އެޗް1އެން1 ޖެހިގެން މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.

މި ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން މިހަފްތާ ފެށި ނަމަވެސް އެކަމާ ދެކޮޅު ހަދައި ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ގިނަ ބެލެނިވެރިން ދަށް ގްރޭޑްތަކުގެ ދަރިވަރުން އަދިވެސް ސްކޫލްތަކަށް ނުފޮނުވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.