ވިލާ ކޮލެޖުން އޭދަފުށީގައި އާ ކޯސްތަކެއް ފަށަނީ

ވިލާ ކޮލެޖުން ބޭއްވި ބައްދަލުވުމެއްގައި ކޯސްތަކާގުޅޭ މައުލުމާތުދެނީ
ވިލާ ކޮލެޖުން ބޭއްވި ބައްދަލުވުމެއްގައި ކޯސްތަކާގުޅޭ މައުލުމާތުދެނީ

ވިލާ ކޮލެޖުން އޭދަފުށީގައި އަނެއްކާސް މުޅިން އާ ކޯސްތަކެއް ފަށަން ނިންމައި އެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އަންނަ މޭ މަހު ވިލާކޮލެޖުން އޭދަފުށީ ފެށުމަށް އިއުލާންކުރި ކޯސްތަކަކީ އާޓްސް އިން އެޑިޔުކޭޝަންގެ މާސްޓާޒް ކޯހާ އެކު ބެޗެލާ އޮފް އާލީ ޗައިލްޑްހުޑް އެޑިޔުކޭޝަން އަދި ބެޗެލާ އޮފް ޓީޗިން އިސްލާމް ކޯހެކެވެ.

އެޑިޔުކޭޝަން މާސްޓާސް ކޯހަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑު (ޔޫޑަބްލިއުއީ)ގެ ކޯހެކެވެ. ބްލޮކް މޯޑުގައި އެ ކޯސް އެއް އަހަރު ދުވަހުން ނިންމާލެވޭނެ އެވެ.

މި ކޯސްތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

އޭދަފުށީގައި މުޅިން އަލަށް ފަށާ މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ އަންނަ އޭޕްރިލް މަހުގެ 20ވަނަ ދުވަހާ ހަމައަށެވެ. ކޯސްތާކާގުޅޭ އިތުރު މައުލޫމާތު އަދި އެޕްލިކޭޝަން ފޯމް ހޯދުމަށް 7762922 އާ ގުޅުމަށް ވިލާ ކޮލެޖުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.