މަގުހަދަން ބޮޑެތި މަގުތަކުގައި ހުރި ގަސްތައް ކަނޑަނީ

ބޮޑުމަގު ބާ އިންޖީނުގޭ ކައިރި ހުރި ހިރުދުގަސް ކާނޑާލުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ރާއިފް ޔޫސުފް އީޓީ
ބޮޑުމަގު ބާ އިންޖީނުގޭ ކައިރި ހުރި ހިރުދުގަސް ކާނޑާލުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ރާއިފް ޔޫސުފް އީޓީ

ބ. އޭދަފުށީ ބޮޑެތި މަގުތަކުގެ މެދުގައި ހައްދާފައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ކަނޑަން ފަށައިފި އެވެ.

ބިޔަކޮށް ހެދިފައިވާ ހިޔާ ދޭ އެ ގަސްތައް ކަނޑަމުން ގެންދަނީ ތާރު އެޅުމަށްޓަކައި މަގު ހެދުމުގެ މަސައްކަތް ކުރުމަށެވެ. އެގޮތުން އިއްޔެ މިރަށު ބޮޑު މަގު ބާ އިންޖީނުގޭ ކައިރީ ހުރި ހިރުނދުގަސް ކަނޑާލިއިރު، މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ އޭދަފުށީ އުރީދޫ ފިހާރަ ކައިރި ހަތަރު އަނގޮޅި މެދަށްވާ ގޮތަށް ބިޔަކޮށް ހެދިފައިހުރި ގަސްވެސް ކަނޑާލައިފަ އެވެ.

ބާ އިންޖީނުގެ ކައިރި ހުރި ގަސް ކެނޑުމުގެ މަސައްކަތް އިއްޔެ ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
ބާ އިންޖީނުގެ ކައިރި ހުރި ގަސް ކެނޑުމުގެ މަސައްކަތް އިއްޔެ ކުރަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އެ ގަސްތައް ކަނޑަމުން އަންނައިރު ރަށުގެ މައި މަގު މިހާރު ފެންނަނީ ވަރަށް ބޮޑަށް އަވި ދީފައި ވަނިކޮށެވެ. އެ ގަސްތަކުގެ ސަބަބުން އެ ހިސާބު ގަނޑަށް ކުރިން ވަރަށް ބޮޑަށް ފެހިކަން ލިބި ހިޔާ ދެ އެވެ.

ހަތަރު އަނގޮޅި ކަންމައްޗަށްވާ ގޮތަށް އުރީދޫ ފިހާރަ ކައިރި ހުރި ގަސް މިދިޔަ އަހަރު ކަނޑާލަނީ، ފައިލް ފޮޓޯ/ ރާއިފް ޔޫސުފް
ހަތަރު އަނގޮޅި ކަންމައްޗަށްވާ ގޮތަށް އުރީދޫ ފިހާރަ ކައިރި ހުރި ގަސް މިދިޔަ އަހަރު ކަނޑާލަނީ، ފައިލް ފޮޓޯ/ ރާއިފް ޔޫސުފް

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މަގުހަދާއިރު ތާރުއަޅާ މަގުތަކުގެ މެދުގައި ހުރި ހުރިހާ ގަސްތަކެއްވެސް އެއްކޮށް ނަގާނެ ކަމަށެވެ. ނަމަވެސް ތާރު އަޅައި ނިމޭއިރު ބޮޑެތި މަގު ތަކުގެ ދެ ފަރާތުގައި ގަސް އިންދޭނެ ގޮތަށް ހުންނާނެ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

“މިހާރު އެ ހުރިގޮތަށް މަގުގެ މެދުގައި ގަސްތައް ބަހައްޓައިފި ނަމަ ދުއްވާ އެއްޗެހި ދުއްވުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ. އެއީ މަގުގެ ދެފަރާތުންވެސް ޕޭމަންޓް އިންނާތީ އެވަރުގެ ޖާގަ ނުލިބޭނެ. ނަމަވެސް ދެ ފަރާތުގައި ގަސް އިންދޭނެ ގޮތަށް ޑިޒައިން ކޮށްފައިވަނީ،” ރިޒާ ވިދާޅުވި އެވެ.

އެކަމަކު ހިޔާދޭ ބޮޑެތި ގަސްތަކެއް ކަނޑަމުން ގެންދާތީ ބައެއް މީހުން އެކަމާ ހިތްހަމަނުޖެހިގެން އެ ވާހަކަ ދައްކަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.