ހުކުރު މިސްކިތް ރޯދައަށް އޭސީ ކުރަނީ

މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) އެތެރެ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) އެތެރެ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) އަންނަ ރޯދައަށް އެއާކޯން ކުރުމަށް ނިންމާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވިގޮތުގައި ގޮތުގައި ހުކުރު މިސްކިތް ހޫނުގަދަވާ މައްސަލަ އަށް ހައްލެއް ހޯދުމަށް އެތަން އޭސީކުރުމަށް ކައުންސިލުން އަންނަ މަހުތެރޭޭ ފަށާނެ އެވެ.

“ހުކުރު މިސްކިތުގެ ސީލިން އާ ކުރުމުގެ ތެރެއިން ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި މިސްކިތް އެއްކޮށް އޭސީ ކުރަން މިހާރުވާނީ ނިންމާފައި އަދި މިކަމަށް ބޭނުންވާ އޭސީތައް ވެސް އޭދަފުށީ ދާއިރާގެ މެންބަރުގެ ދީލަތި އެހީއާއެކު ވަނީ ލިބިފައި، އިރާދު ކުރެއްވިއްޔާ މި ބަލަނީ އަންނަ ހަފްތާ މިސްކިތް ސީލިން އާ ކުރާއިރު، އޭސީ ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަން،” ވިދާޅުވި އެވެ.

މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) އެތެރެ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް) އެތެރެ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ރިޒާ ވިދާޅުވި ގޮތުގައި ކައުންސިލުން ނިންމާފައިވަނީ މިސްކިތް އޭސީ ކުރުމަށްފަހު އޭސީ ޖައްސާނީ ހަމައެކަނި ހުކުރު ނަމާދަށާއި ރޯދަމަހު މަޣުރިބު ނަމާދުން ފެށިގެން ތަރާވީހު ނަމާދު ނިމެންދެނެވެ. އަދި އޭސީ ހަރުކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ ނަމުގައި ވަކި ކަރަންޓް މީޓަރެއް ހަރުކޮށްގެންކަމަށާއި، ކަރަންޓް ބިލްގެ ޒިންމާ ކައުންސިލުން ނަގާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރޯދައަށްވެސް އޭދަފުށީ ހުކުރު މިސްކިތް އޭސީ ކުރަން ކައުންސިލުން މަސައްކަތް ކުރި އެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެކަންވަނީ ނުވެ އެވެ. އެނގިފައިވާ ގޮތުގައި ހުކުރު މިސްކިތުގައި ހަރުކުރަން ނިންމާފައިވަނީ މިދިޔަ އަހަރު، އަހްމަދު ސަލީމު ހަދިޔާކުރެއްވި އޭސީ ތަކެވެ.

ހުކުރު މިސްކިތް އޭސީ ކުރަން ތައްޔާރުވަމުން އަންނަ އިރު، 2015 އަހަރު ރޯދައަށް މަސްޖިލް ޔޫސުފް (ކުޑަ މިސްކިތް) ކްލަބް ދަ ބިގިނާސް އިން ވަނީ އޭސީ ކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.