ސަލްމާން ހާންގެ އާއިލާ އަމިއްލަ ފުށި ރިސޯޓުގައި

ފޮޓޯ | އިންސްޓަގްރަމް
ފޮޓޯ | އިންސްޓަގްރަމް

ސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އާއިހިލް ޝަރްމާއަށް އެއް އަހަރު ފުރުން ފާހަނގަ ކުރުމަށް ސަލްމާން ހާން އާއިލާގެ ގިނަ މެންބަރުންތަކެއް އަމިއްލަ ފުށި ރިސޯޓަށް އަތުވައްޖެއެވެ.

އަރްޕިތާ ވަނީ އެ އާއިލާ އެންމެ ރާއްޖެ އައިސްނަގާފައިވާ ފޮޓޯ އެއް އިންސްގްރާމް ކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަނީ އެއާޕޯޓުގައި މޯލްޑިވިއަން ފްލައިޓެއް ކައިރީ އެ އާއިލާގެ ގިނަ ބަޔަކު މަޑުކޮށްގެން ތިބޭ މަންޒަރެވެ. އެގޭ ތެރޭގައި އަރްބާޒް ހާނާއި މަލައިކާ އަރޯރާގެ އިތުރުން އަމްރިތާ އަރޯރާ އަދި ސަލްމާ އާއި ހެލެން ހިމެނެ އެވެ.

ފޮޓޯ | އިންސްޓަގްރަމް
ފޮޓޯ | އިންސްޓަގްރަމް

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އޮސްޓްރިއާގައި ޝޫޓު ކުރަމުން އަންނަ ޓައިގާ ޒިންދާ ހޭ ފިލްމުގެ މަސައްކަތުގައި އުޅެމުން ވެސް ސަލްމާން ވަނީ 22 ގަޑިއިރުގެ ދަތުރަކަށްފަހު އާހިލްގެ އުފަން ދުވަހުގައި ބައިވެރިވާން ރާއްޖެ އައިސްފަ އެވެ. އަދި އެކުގައި އޭނާގެ ލޯބިވެރިޔާ ލޫލިއާ ވަންތުރު ވެސް އައި ކަމަށް މީޑިއާ ރިޕޯޓް ތަކުގައި ވެއެވެ.

ފޮޓޯ | އިންސްޓަގްރަމް
ފޮޓޯ | އިންސްޓަގްރަމް

ދުނިޔޭގެ މަޝްހޫރު މީހުން ޗުއްޓީ ހޭދަކުރުމަށްޓަކާ ބ.އަތޮޅުގެ ރިސޯޓްތަަކަށް އައުމަކީ ވަރަށް އާންމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.