ދިރާގުގެ މުވައްޒަފުންނާއި އާއިލާއަށް އިންފުލުއެންޒާ ވެކްސިން ޖަހައިދެނީ

ދިރާގުގެ މުވައްޒަފެއްގެ ދަރިއަކަށް ވެކްސިން ޖަހަނީ -- ފޮޓޯ ދިރާގު
ދިރާގުގެ މުވައްޒަފެއްގެ ދަރިއަކަށް ވެކްސިން ޖަހަނީ — ފޮޓޯ ދިރާގު

ރާއްޖޭގައި ފެތުރެމުންދާ އެޗް1އެން1 ވައިރަހުން ރައްކާތެރިވުމަށްޓަކައި ދިރާގުގެ ހުރިހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އިންފުލުއެންޒާ ވެކްސިން ޖެހުމުގެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ދިރާގުން މިއަދު ބުނީ ދިރާގުގެ މުވައްޒަފުންނާއި މުޅި މުޖުތަމައުގެ ދުޅަ ހެޔޮކަމާއި ރަނގަޅު ސިއްހަތަކީ އެ ކުންފުނިން ނުހަނު އިސްކަން ދޭ ކަމެއް ކަމަށެވެ.

އިންފުލުއެންޒާ ވެކްސިން ޖެހުމުގެ ހަރަކާތް ދެ ދުވަހަކަށް ބަހާލައިގެން ދިރާގުގައި ކުރިއަށް ދާނެއެވެ. އެގޮތުން އިއްޔެ، ވަނީ މުވައްޒަފުންނާއި އާއިލާއަށް ދިރާގު ހެޑް އޮފީހުން ވެކްސިން ޖަހައިދީފަ އެވެ. އަދި ސެނަހިޔާ ހޮސްޕިޓަލާ ގުޅިގެން އިއްޔެ އެ ހޮސްޕިޓަލުގައި މުވައްޒަފުންގެ ތިން އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވަނީ ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ. ދެން ވެކްސިން ޖެހުން އޮންނާނީ މާދަމާ ދިރާގު ހެޑް އޮފީހުގަ އެވެ.

ދިރާގުގެ މުވައްޒަގުންނަށް އިންފުލުއެންޒާ ވެކްސިލް ޖެހުމުގެ ކަންކަން ކުރިޔަށް ގެންދަނީ
ދިރާގުގެ މުވައްޒަގުންނަށް އިންފުލުއެންޒާ ވެކްސިލް ޖެހުމުގެ ކަންކަން ކުރިޔަށް ގެންދަނީ

މީގެ ދުވަސް ކޮޅެއް ކުރިން ދިރާގުގެ ހެޑް އޮފީހުގައި މުވައްޒަފުންނަށް އެމްއެމްއާރް ވެކްސިން ޖެހުމުގެ އިންތިޒާމު ވެސް ދިރާގުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެޗް1އެން1 ވައިރަހާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން އިންތިޒާމު ކުރި ކޯލް ސެންޓަރ ގާއިމު ކުރުމަށްވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.