އެންމެ ދެކެން ބޭނުންވަނީ ބޮޑު މުބާރާތަކަށް ރާއްޖެ ކޮލިފައިވާ ދުވަސް: ހަމްޕު

ފުޓްބޯޅައިގެ ރޮނގުން އެންމެ ދެކެން ބޭނުންވަނީ ބޮޑު މުބާރާތަކަށް ރާއްޖެ ކޮލިފައިވާ ދުވަސް ކަމަށް އޭދަފުއްޓަށް އުފަން ޒުވާން ކުޅުންތެރިޔާ މުހައްމަދު ހަމްޒާ (ހަމްޕު) ބުނެފި އެވެ.

“ގައުމީ ރޫހު” ގެ ނަމުގައި އުރީދޫ މޯލްޑިވްސް ފޭސްބުކް ޕޭޖުގައި މިރޭ ޕޯސްޓްކޮށްފައިވާ ކުރު ވީޑިއޯއެއްގައި ހަމްޕު ބުނީ ރާއްޖެއަކީ ކިތަންމެ ކުޑަތަނެއް ކަމުގައިވިޔަސް ހުނަރުން ފުރިގެންވާ ކުޅުންތެރިން އެބަތިބި ކަމަށެވެ.

“ދެކެން ބޭނުންވާ ދުވަހެއް އެއީ ފުޓްބޯޅައިގެ ރޮނގުން ހާއްސަކޮށް ރަނގަޅު ޓޯނަމެންޓަކަށް ރާއްޖެ ކޮލިފައިވުން. މިސާލަކަށް އޭޝިޔަން ގޭމްސް، އެއީ ހަމްޕު ވަރަށް ދެކެން ބޭނުންވާ ދުވަހެއް،” ބ. އޭދަފުއްޓަށް އުފަން ހަމްޕ ބުންޏެވެ.

ހަމްޕު ބުނި ގޮތުގައި އޭނާ ފުޓްބޯޅަ ކުޅެން ފެށީ ރައްޓެހި ކުދިންނާއެކު ކުޑައިރު ރުއްގަނޑު ތެރޭގައި މަޖަލަކަށެވެ. އަދި މިހާރު އޭނާ އެ ހުރި މަގާމަކަށް އާދެވޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށްވެސް ހަމްޕު ބުންޏެވެ.

“އަސްލު މިހާރު ވަރަށް އުފާވޭ މި މަގާމަށް އާދެވިފަ ހުރީމަ،”

ފުޓްބޯޅަ ކެރިއަރުގެ މިހާތަނަށް ހަމްޕު ވަރަށް ގިނަ ތަޖުރިބާ ކޮށްފަ އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުން ގަވައިދުން ޖާގަ ހޯދާ ބޮޑެތި މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފި އެވެ. މިދިޔަ އަހަރު ކްލަބް ލެވެލްގައި ދަށްވި ނަމަވެސް ގައުމީ ޓީމުގެ މެޗުތަކުގައި ހަމްޕު މޮޅަށް ކުޅުނެވެ.

އާ ސީޒަނަކާ ކުރިމަތިލާފައިވާއިރު، ހަމްޕު ދެކެނީ މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ މުހިއްމު އަހަރުގެ ގޮތުގަ އެވެ. ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ކާމިޔާބުކުރި ހަމްޕު މިދިޔަ އަހަރު ފެނުނީ ފަޑުކޮށެވެ. އޭނާގެ އުއްމީދަކީ ކުރިން ދެއްކި ކުޅުމަށް ވުރެން މޮޅު ކުޅުމެއް މި އަހަރު ދެއްކުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.