މަރުހޫމް ޔޫސުފުކަލޭފާނުގެ އަނބިކަބަލުން ނިޔާވެއްޖެ

އާމިނަތު މުހައްމަދު (އައިމިނާފުޅު)
އާމިނަތު މުހައްމަދު (އައިމިނާފުޅު)

ބ. އަތޮޅުގެ ހާއްސަކޮށް އޭދަފުށީގެ ތަރައްޤީގެ ބައްޕަކަމުގައި ހިމެނޭ އޭދަފުށީ ރޯޝަނީގޭ އަލްމަރުހޫމު ޔޫސުފް ކަލޭފާނުގެ ހުވަފަތް އަނބިކަބަލުން ކަމަށްވާ އާމިނަތު މުހައްމަދު (އާމިނާފުޅު) ރޭ ފަތިހު ނިޔާވެއްޖެ އެވެ.

އާމިނާފުޅު ނިޔާވީ ގިނަ ދުވަސްތަކަކު ބަލިވެއުޅުއްވުމަށްފަހު ރޭ ފަތިހު މާލޭގަ އެވެ.

އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގަ އެވެ.

އުމުރުފުޅުން 94 އަހަރުގައި އާމިނާފުޅު ނިޔާވިއިރު 8 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ. އެއީ ހަ އަންހެން ބޭފުޅަކާއި ތިން ފިރިހެން ބޭފުޅެކެވެ.

ޔޫސުފު ކަލޭފާނުގެ ބޭފުޅުންނަކީ ރާއްޖޭގައި އެކި ފަންނުތަކުން ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.

އަލްމަރުހޫމް ޔޫސުފް ކަލޭފާނަކީ ރާއްޖެތެރެއިން ހޮވާލެވޭ އަގުހުރި ޝަހުޝިއްޔަތެކެވެ. ބ. އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމް ނިޔާވުމާ ހަމައަށް ފުރުއްވި ހީވާގި އަތޮޅުވެރިއެކެވެ. އަމީނީ ދައުރުގައި ރާއްޖެތެރޭގެ ލިސްޓުން ފުރަތަމަ ގުނާލެވޭ “ފެހިއަތޮޅުވެރިޔާ” އެވެ. ނުވަތަ އޭދަފުށީ ފެހިކަތީބު ކަލޭފާނެވެ.

މިހާރު އޭދަފުށީ މޫނުމަތިން ފެންނަން ހުރި މިސްކިތަކީ ޔޫސުފް ކަލޭފާނު ހަނދާނުގައި އޭނާގެ ދޮށީ ދަރިކަލުން ބިނާ ކުރައްވާފައިވާ މިސްކިތެކެވެ.

އަލްމަރުޙޫމާ އާމިނާފުޅުގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އާއިލާގެ މެމްބަރުންނަށް އީޓީގެ ފަރާތުން، އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.