މަގުތަކުގެ އަމާން ކަމާއި ރައްކާތެރިކަން

އޭދަފުށީގެ މަގެއް މަތީގައި އެއްޗެހި ބަހައްޓާފައި. މިގޮތަށް ހުރުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް އުނދަގޫވޭ.
އޭދަފުށީގެ މަގެއް މަތީގައި އެއްޗެހި ބަހައްޓާފައި. މިގޮތަށް ހުރުމުގެ ސަބަބުން ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް އުނދަގޫވޭ.

އޭދަފުށްޓަކީ މިއަދު މިދެކޭ ތަރައްގީގެ ކުލަ ޖެހުމަށް ރައްޔިތުން އެދިއެދި ތިބި ރަށެކެވެ. އެއްގަމުގައި ދުއްވާ އުޅަނދުތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ، ކުރި އަރަމުން އަންނަ ރަށެކެވެ. އެހެންކަމަށްވީއިރު، ހިނގާބިގާވެ އުޅޭ މީހުންނެކޭ އެއްފަދައިން، ދުއްވާ އެއްޗިއްސައްވެސް މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ބޭނުންވާނެ އެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައެވެ.

އެހެން ނަމަވެސް ރަށުގެ ގިނަ މަގުތަކުން މިއަދު ފެންނަނީ ތަފާތު މަންޒަރެކެވެ. އަޑިގުޑަންތައް ގިނަވެފައިވާ މަންޒަރެވެ. ރަށުގެ މަދު މަގެއް ފިޔަވައި، ގިނަ މަގުތަކާއި ގޯޅިތައް މިވަނީ ދުއްވާ އެއްޗިއްސަށާއި ހިނގާ މީހުންނަށް ބިރުވެރި ތަނަކަށްވެފަ އެވެ. ވާރޭ ވެހިއްޖެނަމަ، ފެންނުހިނދި ގިނަ ދުވަސްވާ މަގުތައްވެސް ބައިވަރެެވެ. މި ހުރިހާކަމެއް މިހެން ހުރިއިރު، ކައުންސިލުން މިކަންކަން ހައްލުކުރުމުގެ ގާބިލުކަންވެސް އެބަހުއްޓެވެ.

ވާރޭ ވެހިއްޖެ ނަމަ އޭދަފުށީގައި ހިނގާބިގާވެ ނޫޅެވޭ ގޯޅިއެއް / އީޓީ ފޮޓޯ
ވާރޭ ވެހިއްޖެ ނަމަ އޭދަފުށީގައި ހިނގާބިނގާވެ ނޫޅެވޭ ގޯޅިއެއް / އީޓީ ފޮޓޯ

މިކަންކަން ހައްލުކުރުމަށް ބޭނުންކުރާ ވަސީލަތްތައްވެސް އެބަހުއްޓެވެ. މައްސަލައަކީ ގިނަ ރައްޔިތުންދެކޭ ގޮތުގައި “ޒިންމާދާރުވުން” ނުވަތަ ޒިންމާ އުފުލުމުގައި ފަރުވާ ކުޑަވުމެވެ. މާ މުހިއްމުމަގެއް، ނުވަތަ ގޯޅިތަކަށްދެވޭ ސަމާލުކަމަށްވުރެ، އެފަދަ އެހެން މަގާމުތަކަށް ނުވަތަ ގޯޅިތަކަށްދެވޭ ސަމާލުކަންވެސް ކުޑަވަނީ އެވެ. ބައެއް މަގުތަކާއި ގޯޅި ތަކުގައި ހުންނަ ތަކެތިވެސް މި ސަބަބަށްޓަކައި އިތުރުވަނީ އެވެ. މިއަދު އެއީ މާބޮޑު މައްސަލައަކަށްވެސް ނުވަނީ އެވެ.

އަދި އެހެން ވާހަކަ އެވެ. އޭރު ރަށުގެ މަގުތަކަށްދެވޭ ސަމާލުކަން އިތުރުވެފައިވާ އެއްކަމަކީ، ގޭތެރޭގައި ހައްދާފައިި ހުންނަ ގަސްތަކުން، މަގަށް އޮންނަ ގޮފިތައް ވަކި މިންގަގަޑުން ކޮށަމުން ގެންދާ ވާހަކަ އެވެ. އޭރު ރަށު އޮފީހުގެ ބެލުމުގެދަށުން ތަރުތީބު ގޮތެއްގައި މިކަންކަން ކުރަމުން ދިޔަކަމަށް މިހާރުވެސް ގިނަބައެއްގެ ވާހަކަތަކުން އެނގިގެންދެ އެވެ. ނަމަވެސް މިއަދު މި ފެންނަނީ އެއްކަލަ “ތަރުތީބުކޮށް” ކުރަމުން އައި މަސައްކަތްވެސް ހުއްޓިފައިވާ މަންޒަރެވެ.

ވާރޭ ވެހިއްޖެ ނަމަ ހިނގާބިގާވެ އުޅުމަށް ދަތި މަގެއް. / އީޓީ ފޮޓޯ
ވާރޭ ވެހިއްޖެ ނަމަ ހިނގާބިގާވެ އުޅުމަށް ދަތި މަގެއް. / އީޓީ ފޮޓޯ

ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ކިތަންމެ އުނދަގުލެއް ފޯރިއަސް އެއީ މާބޮޑު ކަމެއް ކަމަކަށް ނުދެކެއެވެ. މިދެންނެވި ފަރާތްތައް އަމަލުކުރަންވީ، އެކަންކަމަށް ބަލައިގެންހެންވެސް ހީވާ ކަހަލަ އެވެ. މިއީވެސް މަގުތަކުގެ އަމާންކަމާއި ރައްކާތެރިކުރުމުގެ މަސައްކަތުގެ ދަށުން ރަށު ކައުންސިލުން ފަހަތަށް އެޅި ފިޔަވަޅެއް ކަމުގައި ބެލިދާނެ އެވެ. އެހެން ނުހައްދަވާށެވެ. މިއީ އަޅުގަނޑުމެންގެ އުފަން ބިމެވެ. އެންމެންވެސް އެ ފަސްގަނޑަކަށްޓަކައި ފަޚްރުވެރިވާ ހިތްގައިމު ރަށެކެވެ.

އެޑިޓަރުގެ ނޯޓް

މި ކޮލަމަކީ، އޭދަފުށީގެ ހާލަތާމެދު ޢާންމުން ދެކޭގޮތް ހާމަކުރުމުގެ ގޮތުން، އީޓީ މެދުވެރިކޮށް، ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ލިޔަންފެށި ކޮލަމެކެވެ. މި ކޮލަމުގައި ބަލާލެވިފައިވާނީ، ބައެއް ކަންކަމުގައި އޭދަފުށީގެ ޙާލަތު އޮތްގޮތާއި، އެކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.