އޭދަފުށީގައި ޑިގްރީއަށް ކިޔަވައިދިނުން އިފްތިތާހު ކުރުން މިރޭ ބާއްވަނީ

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް ރެކްޓާ ޑރ އަހްމަދު އަންވަރު މިއަދު ހުޅުވައި ދެއްވަނީ -- ފޮޓޯ / ތޯރިގް
ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް ރެކްޓާ ޑރ އަހްމަދު އަންވަރު ހުޅުވައި ދެއްވަނީ — ފައިލް ފޮޓޯ

ވިލާ ކޮލެޖުން އޭދަފުށީ ކެމްޕަހުގައި ޑިގްރީއަށް ކިޔަވައިދިނުން އިފްތިތާހުކުރުމަށް ބާއްވާ ހާއްސަ ޖަލްސާ މިރޭ އޮންނާނެ ކަމަށް ވިލާ ކޮލެޖުން ބުނެފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މިރޭ 8:45 ގައި ބާއްވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ އަހްމަދު އަންވަރު އެވެ. މި ޖަލްސާގައި ވިލާ ކޮލެޖުގެ އިސް ބޭފުޅުންވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

މި ޖަލްސާގައި އޭދަފުށީގެ ވީހާ ގިނަ އަދަދެއްގެ ރައްޔިތުންނާއި މަތީ ސާނަވީގައި ތައުލީމު ހާސިލުކުރާ ހުރިހާ ދަރިވަރުން ބައިވެރިވުމަށް ވިލާ ކޮލެޖުން އެދެއެވެ.

މިދިޔަ ފެބްރުއަރީމަހު ހުޅުވި ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ބިޒްނަސްގެ ޑިގްރީ ކޯހާ އެކު ޕްރައިމަރީ ޓީޗިން ފައުންޑޭޝަން ކޯހެއް ވެސް މި އަހަރު އަލަށް ވިލާ ކޮލެޖުން އޭދަފުށީ ކެމްޕަހުގައި ވަނީ ތައާރަފްކޮށްފަ އެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަން ލެވެލްގެ ކޯސްތަކެއްވެސް މި މޭ  މަހު ފަށާ އިންޓޭކްގައި ހިމަނާފައި ވެ އެވެ. އަދި އެ ކެމްޕަހުގައި އަންނަ އަހަރު އައިޓީ ޑިގްރީ ކޯހެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.