ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ފަށައިފި

އޭދަފުށި ފުޓްބޯޅަ ދަނޑު ލެވަލް ކުރުމުގެ މަސައްކަތް މިއަދު ހަވީރު ކުރިޔަށް ގެންދަނީ | އިޓީ ފޮޓޯ:ރާއިފް ޔޫސުފް
އޭދަފުށި ފުޓްބޯޅަ ދަނޑު ލެވަލް ކުރުމުގެ މަސައްކަތް މިއަދު ހަވީރު ކުރިޔަށް ގެންދަނީ | އިޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގެ ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ކުރަނީ ރަށު ކައުންސިލާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގުޅިގެންނެެވެ.

އެމްއާރްޑީސީ ގެ ރޯލަރު ބޭނުންގެކޮށްގެން ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ފަަށާފައިވާ އިރު، މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ ފުރަތަމަ އަންނަ ބުރާސްފަތި ދުވަހު އޭދަފުށި ފުޓްބޯޅަ ދަނޑުގައި އޮންނާނެ ކަމަށް އެފްއޭއެމް އިން އާންމުކުރި ޝެޑިޔުލްގައިވެ އެވެ. އެހެންކަމުން ބާކީ އޮތް 2 ދުވަހުގެ ތެރޭގައި ދަނޑު ލެވެލްކޮށް ނިންމާލާނެކަމަށް ބެލެވެ އެވެ.

މިއަދު ހަވީރު ފެށި އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަދު ހަވީރު ފެށި އޭދަފުށީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބުރާސްފަތި ދުވަހު ޗެންޕިއަން އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ މެޗަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރުވަނީ އޭދަފުށި ފުޓްބޯޅް ޓީމުގެ ޕްރެކްޓިސްވެސް ފަށައިފައެވެ.

ސްޕޯޓްސް އެރީނާ ހިމެނޭގޮތަށް އޭދަފުށީ ފުޓްބޯޅަ ދަނޑު ތަރައްގީކުރަންފެށީ މިދިޔަ މަހު އެކެއްގަ އެވެ. އެގޮތުން ދަނޑުގެ އިރުމަތީ ވަށާ ފާރު އެއްކޮށް ތަޅާލައި ދަނޑާ މިސްކިތާ ދޭތެރޭ އޮތް މަގާ އެކު ދަނޑު ބޮޑުކޮށް، ވަށައިގެން ފެންސް ޖަހައި އަދި ސްޕޯޓްސް އެރީނާގައި ހިމެނޭ ކުޅިވަރު ކޯޓްތައް އެޅުމުގެ މި މަޝްރޫއަށް ސަރުކާރުން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.

ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމަކަށް އައިއިރު، ދަނޑުވަނީ ކުރިން އޮތް ހިސާބަށްވުރެ ދެކުނަށް ޖައްސައިފަ އެވެ. އަދި މި ބަދަލާއެކު ކުރިން ދަނޑުގެ ދެކުނު ކޮޅުގައި އަޅަން ހަމަޖެހުނު ތިން ކޯޓް ހަދާފައިވަނީ ދަނޑު ދެކުނަށް ޖެއްސުމުން އުތުރުކޮޅުގައި އޮންނަ ހުސްބިމުގަ އެވެ. މިގޮތަށް ބަދަލު ގެނައީ ޒުވާނުންގެ އެދުމުގެ މަތިން ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.