އަންނަ މަހުގެ 6 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަށް “އީޓީ” ގައި އިސްތިހާރު ކުރެއްވުމަށް ހާއްސަ އަގުތަކެއް ހަމަޖައްސައިފި އެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގެން “އީޓީ”ން ކުރިއަށް ގެންދާ ކަންކަމުގެ ތެރޭގައި އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ އިސްތިހާރުތައް ޖެހުމުގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ޕްރޮފައިލް ރިޕޯޓްތައް ވެސް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަށް ވެސް ވަނީ އަގުތަކެއް ކަނޑައެޅިފަ އެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުން އިސްތިހާރު ކުރައްވަން ބޭނުންފުޅުވާނަމަ އަދި އެބޭފުޅުންގެ ޕްރޮފައިލް ރިޕޯޓް ގެނެސްދޭން ބޭނުންފުޅުވާނަމަ ނަމްބަރު 9881530 އަށް ގުޅުއްވުން އެދެމެވެ.