އެންމެ މޮޅު ހޮޓެލް ރިސޯޓުގެ އެވޯޑު ޑުސިތުއަށް

ޑުސިޓް ތާނީ މޯލްޑިވްސް
ޑުސިޓް ތާނީ މޯލްޑިވްސް

އޭޝިއާގެ މަޝްހޫރު ލަގްޝަރީ ޓްރެވަލް މެގަޒިނެއް ކަމަށްވާ “ޖެޓްސެޓާ” އިން ކޮންމެ އަހަރަކު ދޭ އޭޝިއާ އެވޯޑްސް އޮފް އެކްސެލެންސްގެ އެންމެ މޮޅު ހޮޓެލް ރިސޯޓުގެ އެވޯޑު ބ. އަތޮޅުގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓަށް ލިބިއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ޗައިނާގެ މަކާއު ސިޓީގެ މަކާއު ޓަވަރުގައި ބޭއްވި ހަފްލާގައި އެ ރިސޯޓަށް މި އެވޯޑް ލިބުނީ އޭޝިއާ ސަރަހައްދުގައި ފާހަގަ ކުރެވޭ އެންމެ ރަނގަޅު ޚިދުމަތް ދޭ 100 އަށް ވުރެ ގިނަ ބްރޭންޑުތަކާ ވާދަކޮށްގެންނެވެ.

އޭޝިއާ އެވޯޑްސް އޮފް އެކްސެލެންސް އެވޯޑު ދެނީ ޓްރެވަލް އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ޓީމެއްގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުން ހޮވާލާ ރިސޯޓުތަކަށެވެ. އެގޮތުން މިއަހަރުގެ އެވޯޑުތައް 37 ކެޓަގަރީއަކުން ވަނީ ދީފަ އެވެ.

“މިއީ މިއަހަރު ލިބޭ ފުރަތަމަ އެވޯޑު. މިދިޔަ އަހަރު އަޅުގަނޑުމެންނަށް ޖުމްލަ 13 އެވޯޑު ލިބުނު. މި އެވޯޑު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،” ދުސިއްތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރިނޯލްޑް ޖޮހާން ވިދާޅުވި އެވެ.

ތައިލެންޑުގެ މަލްޓިނޭޝަނަލް ހޮސްޕިޓޭލިޓީ ކުންފުންޏެއް ކަމަށްވާ ދުސިތު އިންޓަނޭޝަނަލް އިން ތައިލެންޑް، ޔޫއޭއީ، ޗައިނާ، އެމެރިކާ، ފިލިޕީންސްގެ އިތުރުން އިންޑިއާ، މިސްރު އަދި ކެންޔާގައި 29 ތަނެއް ހިންގަމުންދާއިރު، ދުސިތު ތާނީ މޯލްޑިވްސް އަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހިންގާ ހަމައެކަނި ރިސޯޓެވެ. ލަގްޝަރީ އެ ރިސޯޓުގައި 94 ލަގްޝަރީ ވިލާ ހުންނަ އިރު ފަސް ރެސްޓޯރެންޓާއި ސްޕާއެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކްލަބެއް ވެސް ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.