ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. މިމަހު އެމަނިފާނު ބ. އަތޮޅަށް ވަޑައިގަންނަވާނެ
ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަދައްކަވަނީ. މިމަހު އެމަނިފާނު ބ. އަތޮޅަށް ވަޑައިގަންނަވާނެ

ރައީސް އަބްދުﷲ ޔާމީން މިމަހު ރ. އަތޮޅާއި ބ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ މެދެއްހާ ހިސާބު މި ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި މިއަތޮޅުން ރައީސް ވަޑައިގަންނަވާނީ އޭދަފުއްޓަށާއި ތުޅާދޫ އަށެވެ. އަދި ރ. އަތޮޅުގެ ތިން ރަށަކަށްވެސް ވަޑައިގަންނަވާނެ އެވެ. އެއީ އެ އަތޮޅު ފައިނު، މީދޫ އަދި މަޑުއްވަރީ އަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ މި ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށާއި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަދި މި ދަތުރުފުޅުގައި އާ މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ.

ރައީސްގެ މި ދަތުރުފުޅާބެހޭ ގޮތުން އޭދަފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވީ ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި މި ދަތުރުފުޅާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ހޯމް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އޭދަފުއްޓަށް ވަޑައިގަންނާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ރައީސްގެ މިދަތުރުފުޅުގައި މިރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުމާއި، ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވާނެ، އަދި އާ ކޮންމެވެސް މަޝްރޫއެއް އިއުލާން ކޮށްދެއްވާނެ ކަމުގެ ހަބަރު ވަނީ ލިބިފައި،”

މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޔާމީން ބ. އަތޮޅަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. 2014 ވަނަ އަހަރު ރައީސް އޭރު އޭދަފުއްޓަށް ވަޑައިގެންނެވީ މިރަށުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށެވެ.

ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ފެއްޓެވުމަށް ނުވަތަ ނިމުން ފާހަގަކުރައްވަން ރައީސް ޔާމީން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަނީ ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އޭދަފުށި މީހާ

    ތިޔައީ ސަލީމް އަނެއްކާވެސް އިދިކޮޅު ފަރާތްތަކާއި ގުޅިދާނެތީ ބިރުން ދައްކާ ދަޅައެއް، އަހަރެންގެ ސަޕޯޓެއް ނެތް ތިކަމަކަށް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.