އަންނަ މޭ 6 އަދި 7 ގައި ބާއްވަން ހަމަޖެހިފައިވާ ހަޔާ ސެކަންޑްރީ ސްކޫލު ސެޓްފިކެޓް (އެޗްއެސްސީ) އިމްތިހާން ބާއްވާ ތާރީޚަށް ބަދަލުގެނެސްފި އެވެ.
ޕަބްލިކް އެގްޒަމިނޭޝަނުން އިއްޔެ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި ކުރިން މޭ 6 ގައި ބޭއްވުމަށް ތާވަލުުކުރި އިސްލާމު ޕޭޕަރު އޮންނާނީ މޭ 3 ގަ އެވެ. އަދި މޭ 7 ގައި ބާއްވަން ތާވަލުކުރި ދިވެހި އިމްތިހާން މިހާރު ވަނީ މޭ 4 އަށް އަވަސްކޮށްފަ އެވެ.
ޑީޕީއީން އެޗްއެސްސީ އިމްތިހާން އަވަސް މިކުރީ، ކުރިން އެ އިމްތިހާން ބާއްވަން ނިންމާފައިވާ ދުވަހަކީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބާއްވާ ދުވަހާއި އެއް ދުވަހަކަށް ދިމާވާތީ ކަމަށް ބެލެވެ އެވެ.