އަގުހުރި ހަދިޔާތަކާ އެކު ކްލިކް ކޮމްޕިއުޓާސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

click

ރޯދަ މަހަށް ހާއްސަކޮށްގެން ބޮޑެތި ޑިސްކައުންޓްތަކާއި އަގުހުރި ހަދިޔާ ހިމަނައިގެން ކްލިކް ކޮމްޕިއުޓާސް އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް “ކްލިކް ރަމަޟާން ޕްރޮމޯ” ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ފިހާރަ އިން ވިއްކާ ތަފާތު ގިނަ ޕްރޮޑަކްޓްތައް ހާއްސަކޮށް ލެޕްޓޮޕް އަދި ކޮމްޕިއުޓާ ސިސްޓަމް ހީވެސް ނުކުރާހާ ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށް ކުލިކް ކޮމްޕިއުޓާސް އިން ބުނެ އެވެ.

އަދި މި ޕްރޮމޯޝަން ކުރި އަށް ދާ މުއްދަތުގައި އެ ފިހާރަ އިން ވިއްކާ ލެޕްޓޮޕް އަދި ކޮމްޕިއުޓާ ސިސްޓަމެއް ގަތުމުން ތަފާތު ހަތް ޕްރޮޑަކްޓެއް ގިފްޓް ޕެކެއްގެ ގޮތުގައި ހިލޭ ލިބޭނެ ކަމަށްވެސް އެތަނުން ބުންޏެވެ. އެގޮތުން ދޭ ތަކެތީގެ ތެރޭގައި ޕެންޓްރައިވް، ހެޑްފޯން، މައުސް، ޔޫއެސްބީ ފޭން، ލެޕްޓޮޕް ކީބޯޑް ޕްރޮޓެކްޓަރުގެ އިތުރުން ކެސްޕަސްކީ އިންޓަނެޓް ސެކިއުރިޓީ އަދި ލެޕްޓޮޕް ބޭގް ހިމެނެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓަރާ ގުޅޭ ސާމާނު ފުޅާ ވިއްކާ ކްލިކް ކޮމްޕިއުޓާސް އިން މާލޭގައި ދެ ފިހާރައެއް ހިންގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.